ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020 - ޗެމްޕިއަން: ސީއެސް ވިމަންސް

ކޭ.ވައި.އެސް ވިމެންސް ފުޓްސަލް ލީގް - އެއްވެސް މެޗަކުން ބަލިނުވެ، ސީއެސް ވިމަންސް މުބާރާތުގެ ތަށި އުފުލާލައިފި

ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން ކުރިއަށް ގެންދާ "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ސީއެސް ވިމަންސް މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ސީއެސް ވިމެންސް ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.

ކުމުންދޫ ފުޓްސަލް އެރީނާގައި މިރޭ ކުރިއަށްދިޔަ ފޯރިގަދަ މި މެޗުގައި ސަންދިޔާ އާއި ސީއެސް ވިމެންސް ބައްދަލުކުރިއިރު މި މެޗް ސީއެސް ވިމެންސް ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗްގައި ސީއެސް ވިމެންސް އަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ސާއިދާ މޫސާ، ރާއިދާ މޫސާ އަދި ސަހުލާ އާދަމެވެ. ބާކީ ދެ ލަނޑަކީ ސަންދިޔާއިން ބައިކޮޅަށް ޖަހައިދިން ދެ ލަނޑެވެ.

ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020 ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ސީއެސް ވިމެންސްގެ ޝަހުލާ އާދަމް ހޮވިފައިވާއިރު އޭނާ ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ގިނަ ލަޑުތަކެއް ކާމިޔާބުކޮށްދީފައެވެ. މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ޒީރު ސްޓާސް އެވެ.

އެންމެ މޮޅު ކުޅުންތެރިޔާ - ސީއެސް ވިމެންސްގެ ޝަހުލާ އާދަމް

މުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރި ކޮށްދީފައިވަނީ، މި މުބާރާތުގެ މެއިން ސްޕޮންސާ މަންނާމްގެ ފަރާތުން އައިޝަތް ޤާސިމެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  1. ސަލްމާ ޢަލީ (ސީއެސް ވިމެންސް)
  2. ރާޝިދާ މޫސާ (ސަންދިޔާ)
  3. ހަނީފާ އަބްދުﷲ (ޒީރު ސްޓާސް)
  4. ސަހީމާ ހަސަން (ޓާފް ކުއީން)
  5. ޝަހުލާ އާދަމް (ސީއެސް ވިމެންސް)

ނޮވެމްބަރު ތިނަކުން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ބައިވެރިވެފައިވާއިރު މިއީ ކުމުންދޫގެ ކުޅިވަރު ތާރީހުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތެވެ.

ކުމުންދޫ ޔޫތް ސްޕޯޓްސްގެ ފަރާތުން  ބުނެފައިވަނީ، މި މުބާރާތަކީ އެ ޖަމިއްޔާގެ ހަރަކާތްތައް 2011 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތުމަށް ފަހު، ޖަމިއްޔާގެ ހަރަކާތްތައް އަލުން ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސަލްމާ ހަސަން

    މީހުންގެ ނަން ފުރިހަމަކޮށް ލިޔޭ އަބަދުވެސް ހުންނަނީ އޮޅުވާލާފަ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ