ކުޑަކުއްޖަކާއި ބެހުނު މީހާ ގަން ހިންގުވާފައި ގެންދަނީ

ގަންހިންގުވި މީހާ ދޫކޮށްލުމުން އޭނާގެ ފުރާނައަށް ނުރައްކާވެދާނެ - ފުލުހުން

ހުޅުމާޅޭގައި ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބަޔަކު ނިކުމެ ގަންހިންގުވުމަށްފަހު ފުލުހުންނާ ހަވާލުކުރި ޒުވާނާ ފުލުހުންގެ ބަންދުން މިނިވަން ކޮށްފިނަމަ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކޮށް، 19 އަހަރުގެ އެމީހާ ހުޅުމާލެއިން ހައްޔަރުކުރީ މިިދިޔަ މަހު 25 ވަނަ ދުވަހުގެ ރޭ ދަންވަރު 2:48 އެހާކަށްހާއިރުއެވެ. މިދިޔަ މަހު 26 ވަނަ ދުވަހު އެމީހާގެ ބަންދަށް 12 ދުވަސް ކޯޓުން ޖެހިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލީ ކީއްވެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ވިދާޅުވީ، އޭނާ ބަންދުގައި އިތުރަށް ބަހައްޓަން ފުލުހުން ބޭނުންވަނީ އޭނާ ދޫކޮށްލައިފިނަމަ އޭނާގެ ފުރާނައަށް ނުރައްކާވެދާނެތީ ކަމަށާއި، ނަމަވެސް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް އޭނާއަށް އެބައޮތް ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.

"މި މައްސަލައިގައި އިތުރަށް ކުރާނެ ތަޙުޤީޤެއް ނެތްކަން އައިއޯގެ ބަހުން އެނގެއެވެ. އަދި އޭނާ ބަންދުގައި އިތުރަށް ބެހެއްޓުމަށް ބޭނުންވާ ސަބަބެއްކަމަށް ފުލުހުންގެ ފަރާތުން ޝަރީއަތުގައި ބުނެފައި ވަނީ އޭނާގެ ފުރާނައަށް ނުރައްކާ އޮތުމެވެ. ނަމަވެސް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް އޭނާއަށް އެބައޮތް ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ބުނެފައިވެއެވެ." ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ، އެހެންކަމުން އޭނާ އިތުރަށް ބަންދުގައި ނުބަހައްޓާ ދޫކޮށްލާފައި ވަނީ މިކަމުގައި އިރަށް ކުރާނެ ތަޙުޤީޤެއް ނެތްކަމަށް އައިއޯގެ ބަހުން އެނގެން އޮތުމާއެކު، އިސްވެ ދެންނެވުނު ސަބަބުތައް އެ ގޮތުގައި ހުރުމުން ކަމަށެވެ.

ގަންހިންގުވި މަންޒަރު ފެންނަ ވީޑިއޯ މީސްމީޑީއާގައި ދައުރުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް އޭނާ އިއުތިރާފްވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ