ކޮވިޑް-19: މެކްސިކޯގައި އިތުރު 11,030 ބަލިޖެހި 608 މީހަކު މަރުވެއްޖެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް މެކްސިކޯއިން އިތުރު 11,030 ޕޮޒިޓިވްވެ، 608 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް މެކްސިކޯ އިން އިތުރު 11،030 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1,144,643 އަށް އަރާފައެވެ.

މެކްސިކޯ އަކީ ދުނިޔެއިން 12 ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މިބަލީގައި ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

އިއްޔެ އިތުރު ގިނަ ބަޔަކު މަރުވުމާއި ގުޅިގެން މިހާތަނަށް މެކްސިކޯއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 108,173 އަށް އަރާފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މެކްސިކޯ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 843,231 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު މެކްސިކޯގައި މި ބައްޔަށް ފަރުވާދެނީ 193,239 މީހަކަށެވެ. އޭގެތެރެއިން 3,377 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ