މާސްކް އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ ޢުސޫލު އާންމުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މާސްކް އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ ޢުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މިޢުޞޫލްގައިވާ ގޮތުން މާސްކް އެޅުން މަޖުބޫރު ތަންތަންގޮތުގައި ފާހަގަކޮށްފައިވަނީ؛

  • ކޮވިޑް-19 ބަލި ފެނި، ރަށުގައި ބަލި ފެތުރުމުގެ ޙާލަތު (ކޮމިއުނިޓީ ލޯކަލް ސްޕްރެޑް) އޮތް ރަށްރަށުގައި
  • ކޮވިޑް-19 ފެންނަ ހާލަތުގައި މޮނިޓަރިންއަށް ލެވޭ ރަށްރަށާއި ތަންތަނުގައި
  • ގެސްޓް ހައުސް ހިންގާ ރަށްރަށުގައި
  • އެއާޕޯރޓް ހިންގާ ރަށްރަށުގައި
  • ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ސިއްހީ ޚިދުމަތްދޭ ތަންތަނުގައި (ބަލިމީހުންނާއި، ބަލިމީހުންގެ އެހީތެރިން އަދި ބަލި މީހުންނަށް ޒިޔާރަތްކުރާ ފަރާތްތަކާއި ޞިއްޙީ ޚިދުމަތްދޭ ތަނުގެ ހުރިހާ މުވައްޒަފުން)

މިތަންތަނަކީ ބަލި ފެތުރުމުގެ ފުރުޞަތު އެހެން ތަންތަނަށްވުރެ ބޮޑު ތަންތަން ކަމުގައިވާތީ އެތަންތަނުގައި ދިރިއުޅޭ މީހުންނާއި ޒިޔާރަތްކުރާ މީހުން ގެއިން ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައި އުޅެންވާނީ މާސްކް އަޅައިގެންކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި މި އުސޫލުގެ 3 ވަނަ ބައިގައި ބަޔާންކޮށްފައިވާ ތަންތަން ފިޔަވާ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައިވެސް މާސްކް އެޅުން އެދެވިގެންވާކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ. އެއެޖެންސީން ބުނީ، ކަރަންޓީނުވާ މުއްދަތު ކުޑަކުރުމާއެކު ކުރިއަށްވުރެ ގިނަ މީހުން މާލެއިން ރަށްރަށަށް ދިއުމާއި ރިސޯރޓްތަކުންނާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެކި ކަންކަމުގައި މީހުން ދަތުރުކޮށް އުޅޭއިރު މި ރަށްރަށުގައިވެސް މާސްކް އަޅައިގެން އުޅުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މާސްކް އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ ޢުސޫލު

މިލިޔުން ކިޔާލުމުން
222
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ