ރަޝިއާގެ މޮސްކޯގައި ކޮވިޑް ވެކްސިން ދޭން ފަށައިފި

ރަޝިއާއިން ކޮވިޑް-19 އާއި ދެކޮޅަށް އީޖާދުކުރި "ސްޕޮޓްނިކް V" ވެކްސިން އެގައުމުގެ ވެރިރަށް މޮސްކޯގެ އާންމު ރައްޔިތުންނަށް ދޭންފަށައިފިއެވެ.

"ސްޕޮޓްނިކް V" ވެކްސިން އީޖާދުކުރި ރަޝިއާގައި ބޭސް އުފެއްދުމުގެ ޓެކްނޮލޮޖީގައި އެންމެ މަޝްހޫރު މަރުކަޒު ކަމަށްވާ "ނިކޮލައި ގަމާލެޔާ ނެޝަނަލް ރިސާޗް ސެންޓަ ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީ" ބުނީ މި ވެކްސިންއަކީ 95 އިންސައްތަ ކާމިޔާބު ވެކްސިނެއް ކަމަށެވެ.

މިވެކްސިން މީގެކުރިން ޖަހާފައިވަނީ މައިގަނޑު ގޮތެއްގައި ރަޝިއާގެ ސިއްހަތާބެހޭ ފަރާތްތަކަށާއި އާންމުންގެ ތެރެއިން ބައެއް މީހުންނަށެވެ. މި ވެކްސިން ޖެހި އެއްވެސް މީހަކަށް މިހާތަނަށް ކޮވިޑް ޖެހިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. "ސްޕޮޓްނިކް V" ގައި ދެ ޑޯޒު ހިމެނޭ ކަމާއި ދެ ޑޯޒެއްގެ އަގަކީ އެމެރިކާ ގެ 20 ޑޮލަރު ކަމަށް ރަޝިއާއިން ބުނެއެވެ.

މިހާރުވެސް މި ވެކްސިން ޖެހުމަށް އެތައްހާސްބަޔަކު ރަޖިސްޓްރީ ކޮށްފައިވާއިރު މި ވެކްސިން ރަޝިއާއަށް އުފެއްދުމުގެ ގާބިލުކަން މިވަގުތު ލިބިފައިވަނީ ކިހާވަރަކައްކަން އަދި ސާފެއް ނުވެއެވެ. "ސްޕޮޓްނިކް V" ގެ 100 މިލިޔަން ޑޯޒު އަންޑާ ލައިސަންސްގެ ދަށުން އުފެއްދުމުގެ ހުއްދަ އިންޑިއާ އަށް ދޭން ރަޝިއާއިން މިދިޔަމަހުގެ ތެރޭގައިވަނީ ނިންމައިފައެވެ.

ދުނިޔޭގެ ގައުމުތަކުން ކޮވިޑް- 19 އަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ތަޖުރިބާގެ އެއްވަނަ މަރުހަލާއާއި ދެވަނަ މަރުހަލާ ކަޑައްތުކޮށް ރަޖިސްޓްރީކުރި އެންމެ ފުރަތަމަ ވެކްސިންއަކީ "ސްޕޮޓްނިކް V" ވެކްސިންއެވެ. އެއަށްފަހު ތިންވަނަ މަރުހަލާގެ ތަޖްރިބާވެސް "ސްޕޮޓްނިކް V" މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ