ބޯޑަރު ހުޅުވާލި ފަހުން އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިއްޔެ!

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިއްޔެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަަޢުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަަޢުސޫމް ކުރެއްވި ޓްވީޓެއްގައި، ޓޫރިޒަމް އިންޑަސްޓްރީއަށް މަރުހަބާ ދަންނަވާ ވިދާޅުވީ، ބޯޑަރު ހުޅުވާލި ފަހުން އަނެއްކާވެސް އާ ރެކޯޑެއް ޤާއިމުކުރެއްވިޖެކަމަށެވެ.

އެގޮތުން، އިއްޔެ ރާއްޖެއަށް 2900 ފަތުރުވެރިން އައިސްފައިވާއިރު، ބޯޑަރު ހުޅުވާލިތާ 20 ހަފްތާ ތެރޭ ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު ސުމަކުން 3000 އަށް ގެންދެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން، މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ގައެވެ.

ޓުއަރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން ފެށިގެން މިހާތަނަށް އައިއރު 80،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ