އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނި ގުޅިގެން ކޮވިޑް-19 އަށް ތައްޔާރުކުރި ވެކްސިން، އިންޑިއާގައި ބޭނުންކުރުމުގެ ކުއްލި ހުއްދ(އީޔޫއޭ)އަކަށް ފައިޒާ ކުންފުނިން އެދެފިއެވެ.
ފައިޒާއަކީ، ވެކްސިން ބޭނުން ކުރުމުގެ ކުއްލި(އީޔޫއޭ) ހުއްދައަކަށް އެދި، އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް (ޑީސީޖީއައި) އަށް ހުށަހެޅި ފުރަތަމަ ކުންފުންޏެވެ. މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތާއި ބަހްރައިން އަށް މިހާރު ވަނީ ދީފައެވެ.
ފައިޒާ ކުންފުނިން މި ވެކްސިން ބޭނުންކުރުމުގެ ހުއްދައަކަށް އެދިފައި ވަނީ އިންޑިއާއަށް ވެކްސިން އިމްޕޯޓްކޮށް، ވިއްކާ، ޑިސްޓްރިބިއުޓް ކުރުމަށްކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އިންޑިއާގެ އާބާދީގެ މި ވެކްސިން ޓެސްޓުކުރުމަށް ޓަރައިލްސް ޖެއްސުމުގެ ހުއްދައަށްވެސް އެދިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ފައިޒާ ކުންފުނިން ވެކްސިން ބޭނުން ކުރުމުގެ ކުއްލި(އީޔޫއޭ) ހުއްދައަކަށް އެދި، އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް (ޑީސީޖީއައި) އަށް ހުށަހެޅާފައިވަނީ މި މަހުގެ4 ވަނަ ދުވަހުއެވެ.
މި ވެކްސިން ބޭނުންކުރުމުެ ހުއްދަ އެންމެ ފުރަތަމަ ކަށަވަރުކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އަދި މިދިޔަ ހުކުރު ދުވަހު މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބުނު ދެވަނަ ޤައުމަކީ ބަހްރައިންކަމަށް އެ ޤައުމުން ވަނީ އިއުލާންކޮށްފައެވެ.
ފައިޒާ ވެކްސިން ޖެހުމުން ކޮވިޑް-19 އިން ސަލާމަތްވާނެ ކަމުގެ 90 އިންސައްތައިގެ ގެރެންޓީއެއް އިންސާނާގެ ހަށިގަނޑަށް ލިބޭކަން މިޙާރުވަނީ އިލްމީގޮތުން ޔަގީން ކުރެވިފައެވެ.




