ދިވެހިރާއްޖެއަށް ހުތުރުވާނެ އެއްވެސް ކަމެއް ނުކުރާނަން - ޕީޕީއެމް

އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން، ޤައުމަށް ހުތުރު ނަމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ސަރުކާރާ އިދިކޮޅު ޕީޕިއެމް އިން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާގެ އެކުވެރި ރައްޔިތުން ތަމްސީލު ކުރެއްވުމަށް ކަމުގައިވާތީ، އެ ޤައުމުގެ ބޮޑުވަޒީރުގެ ދަތުރުފުޅު އެ ޕާޓީން ބަލައިގަނެ މަރުޚަބާ ދަންނަވާ ކަމަށެވެ.

"... ދިވެހި ރައްޔިތުންނަށް އަދި ދިވެހިރާއްޖެއަށް އެއްވެސް ހުތުރުނަމެއް ލިބޭނެ ކަމެއް މިޕާޓީން ކުރިއަށް ނުގެންދާނެ ކަމުގައި ދަންނަވަން." ޕީޕީއެމްގެ ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޤައުމަށް ހުތުރުވާފަދަ ކަމެއް ނުކުރައްވާނެކަމަށް ޕީޕީއެމް އިން ވިދާޅުވެފައިވަނީ، މާޒީވެދިޔަތަކުގައި ޤައުމުތަކުގެ ވެރިން ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުތަކުގެ ހަނދާންތައް އާކުރައްވަމުންނެވެ.

އެގޮތުން 2018 ވަނަ އަހަރު ދިވެހިރާއްޖެއަށް ޕާކިސްތާނުގެ ބޮޑުވަޒީރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރު މަގުމައްޗަށް ނިކުމެވަޑައިގެން މުޒާހަރާ ކުރައްވައި، ސަލާމަތީ ބާރުތަކަށް ދަތިވާނޭ ގޮތަށް ކަންކަން ކުރައްވާފައިވާކަން ޕީޕީއެމް އިން ފާހަގަކުރެއްވިއެވެ.

"... އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް އެމްޑީޕީ އިސްކޮށް އޮވެގެން ހިންގާފައިވާ ނާތަހުޒީބު ޢަމަލުތައްވެސް ހަނދާނަށް ގެންނަމުން..." ޕީޕީއެމްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އޯޥ

    ވަގު ހަތިޔާރާއި ވަގުފަިސާ އާއި ކަޅުފައިސާ ދޮވުނީ
    ރާއްޖެއަށް ރީތި ނަން ހޯދައިދެން

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ