700 މިލިއަނަށް ހިޔާނަތްތެރިވި މީހަކަށް 11 އަހަރަކީ ކުޑަ އަދަދެއް- ޒައިދު

700 މިލިއަނަށް ހިޔާނަތްތެރިވި މީހަކަށް 11 އަހަރަކީ ކުޑަ އަދަދެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ދީނީ އިލްމުވެރިޔާ ޝައިޙް ޢަލީ ޒައިދް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށްލުމަށް މިއަދު ޙުކުމް ކޮށްފައިވާއިރު، ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 700 މިލިއަނަށް ހިޔާނަތްތެރިވި މީހަކަށް ގަބޫލުކުރެވެނ،ީ 11 އަހަރަކީ ކުޑަ އަދަދެއް ކަމަށެވެ.

ޒައިދު އިތުރަށް ވިދާޅުވީ އެއީ އެބޭފުޅާގެ ރައުޔު ކަމަށާއި އެކަމުގައި އެހެން ބޭފުޅުންގެ ރައުޔު ފަހަރުގައި ތަފާތުވެދާނެކަމަށެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ކިތަންމެ އެއްބާރުލުމެއް ދިނަސް އެހާ އަދަބު ކުޑަވާންޖެހޭ ސަބަބެއް" ޒައިދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ޒިޔަތު ދައުލަތަށް ހިޔާނާތްތެރިވި ފައިސާގެ އަދަދު 781 މިލިއަން ރުފިޔާއަށް އަރައެވެ.

ޒިޔަތުގެ މައްޗަށް ދަޢުލަތުން ވަނީ ޚިޔާނާތާއި ގުޅޭ 32 ދަޢުވާއެއް ކޮށްފައެވެ. މިދިޔަ މަހުގެ 30 ގައި ބޭއްވި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކޮންމެ ދައުވާއަކަށް ވަކިވަކިން އޭނާ ވަނީ އިއުތިރާފުވެފައެވެ.

ޒިޔަތު ވަނީ ރަށްރަށާއި ފަޅު ވިއްކައިގެން ދަޢުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާ ކުރުމުގެ ބަދަލުގައި އެސްއޯއެފް އެކައުންޓަށް ޖަމާކޮށްފައެވެ. އެ ފައިސާތައް އެސްއޯއެފް އެކައުންޓުން ވަނީ ގިނަ ފަރާތްތަކަކަށް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ