ޝައިޚް ޢަލީ ޒައިދު

އަންހެން ކުދިން ޚިތާނު ކުރުމަކީ ރާއްޖޭގައި މުޅިން ހުއްޓިފައި އޮތް ކަމެއް: ޒައިދު

އަންހެން ކުދިން ޚިތާނު ކުރުމަކީ ރާއްޖޭގައި މުޅިން ހުއްޓިފައި އޮތް ކަމެއްކަމުގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ވިދާޅުވީ މި ދަނޑިވަޅު ޚިޔާނު މަޢުލޫއު ބޭއްވުމަށްފަހު، މުންކަރާތް މަނާ ކުރުން ހުއްޓުވުމުގެ ބިލްގެ ވާހަކަ ދެއްކުން މާ އަޢުލާވެގެންވާކަމަށާއި، ރާއްޖޭގައި ޚިތާނު ކުރާ އެއްވެސް އަންހެން ކުއްޖަކު ނޫޅޭ ކަމަށެވެ.

"ޚިތާނު މަޢުލޫ ބާއްވަމާ ހިންގަވާ. ރާއްޖޭގައި ޚިތާނު ކުރާ އެކަކުވެސް ނޫޅޭ، މުޅިން ހުއްޓިފައި އޮތް ކަމެއް" ޝެއިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

ޒައިދު އިތުރަށް ވިދާޅުވީ ޚިތާނު މަޢުލޫއަށް ވާހަކަ ދެއްކުމުގެ ބަދަލުގައި މި ދަނޑިވަޅު މުންކަރާތް މަނާ ކުރުން ހުއްޓުވުމުގެ ބިލަށް އިތުރަށް ސަމާލުވާން އެބަޖެހޭކަމަށެވެ.

ރާއްޖޭގައި އަންހެން ކުދިން ހިތާނުކުރުމުގެ ސަގާފާތް އަލުން އާލާވަމުން އަންނަކަމަށް ދާދިފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވަނީ ވިދާޅުވެފައެވެ.

ޒައިދު ވިދާޅުވީ ބަޔަކު ލާދީނީ އެޖެންޑާއެއް ހިންގާލަން އުޅޭ ކޮންމެ ފަހަރަކު ޚިތާނެއްގެ މައްސަލަ ކުއްލިއަކަށް ހިލޭ ކަމަށާއި، އެބޭފުޅުންގެ ދަރިން ހަމަގައިމުވެސް ޚިތާނު ނުކުރާކަމަށެވެ. އަދި ޚިތާނު ކުރާކަށް ނުވެސް ވިސްނާކަމަށާއި، ކިތަންމެ ގޭސް އެނބުރިޔަށް ލާދީނީ ބިލް ގެ ވާހަކަ ދިވެހިން ދައްކާނެކަމަށެވެ.

މީގެ އިތުރުން އަންހެން ކުދިން ޚިޔާނު ކުރުމުގެ މަޢުލޫގެ މައްސަލާގައި ޑރ. އިޔާޒްގެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ބަލައިދިނުމަށް އެދިފައެވެ.

އެގޮތުން ޑރ. އިޔާޒް ވަނީ އަންހެނުން ހިތާނުކުރުމަށް ހިތްވަރުދޭ ފަދަ މޭރުމަކުން ޓްވީޓް ކުރެއްވުމާއި ގުޅިގެން އެފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭނޭ ކަމެއްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޑރ. އިޔާޒް ވިދާޅުވެފައި ވަނީ ޢިލްމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެމީހެއްގެ ޚިޔާލުފާޅު ކުރުމުން އެމީހަކު ވަޒީފާއިން ވަކި ކުރުމަށާއި ފިޔަވަޅު އެޅުމަށް ގޮވުމަކީ ވަރަށް ނާތަޙުޒީބު ކަމެއް ކަމަށެވެ. އަދި ސިކުނޑި ދެއްވި ފަރާތުން ކަނޑައަޅުއްވާފައިވާ ކަންތަކަށް ފާޑު ކިޔަން ނޫޅުއްވުމަށް ޑރ. އިޔާޒް ވަނީ ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ