އެމްއެމްސީ ނޫސްވެރިކަމުގެ އެވޯޑް ހަފުލާ މާދަމާ ރޭ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދޭ ނޫސްވެރިކަމުގެ އިނާމު މިއަހަރު ދިނުން މާދަމާ ރޭ އޮއްނާނެ ކަމަށް އެމްއެމްސީ އިން ބުނެފިއެވެ.

އެމްއެމްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ އިނާމު 2019ގެ ކޮމިޓީގެ މުގައްރިރު އަހުމަދު އަމީން މުހައްމަދު ވިދާޅުވީ މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑް މާދަމާ ރޭ އޮންނާނެ ކަމަށާއި އެވޯޑް ހަފުލާ އޮންނާނީ ޕީއެސްއެމްގެ މަލްޓި ޕާޕޯސް ހޯލްގައި ކަމަށެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ 11 ދާއިރާއަށް 80 ފަރާތަކުން ނަން ހުށަހަޅައިފައިވެއެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ކެޓެގަރީތައް:

1- ތަޙްގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާނަލިޒަމް)ގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
2- އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
3- ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
4- ސިޔާސީ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
5- ޝަރުއީ އަދި ގާނޫނީ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
6- ވިޔަފާރިއާއި އިގްތިސޯދު - ޕްރިންޓް، އޮންލައިން ކެޓެގަރީ
7- ވިޔަފާރި އާއި އިގްތިސޯދު - ބްރޯޑްކާސްޓިން ކެޓެގަރީ
8- ކުޅިވަރުގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
9- ފީޗާގެ ދާއިރާ - ޕްރިންޓް، އޮންލައިން ކެޓެގަރީ
10- ފީޗާގެ ދާއިރާ - ބްރޯޑްކާސްޓިންގ ކެޓެގަރީ
11- ފޮޓޯ ޖާނަލިޒަމް - ޕްރިންޓް، އޮންލައިން ކެޓެގަރީ
12- ވީޑިއޯ ޖާނަލިޒަމް - ބްރޯޑްކާސްޓިން ކެޓެގަރީ
13- އެންމެ އުންމީދީ ނޫސްވެރިޔާ

ބައެއް ކެޓަގަރީތަކަށް ހުށަހަޅާފައިވާ ލިޔުންތަކަށް އެކަށީގެންވާ މާކްސް ލިބިފައިނުވާތީ، އެ ދާއިރާތަކަށް އެވޯޑް ނުދޭން ނިންމާފައިވާ ކަމަށާއި އަދި ބައެއް ދާއިރާތަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާ ކަމަށް އެމްއެމްސީން މައުލޫމާތު ދެއެވެ.

އެ ދާއިރާތަކަކީ ބްރޯޑްކާސްޓިން ކެޓެގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއާ އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ސިޔާސީ ދާއިރާގެ އިތުރުން ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާކަމަށްވެސް އެމްއެމްސީން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ