ސިހުރު ހަދަން ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް ތަކެއްޗާއެކު މާފައްނު ސަހަރާ ތެރެއަށް ވަދެއުޅުނު މީހަކު ފުލުހުން މިރޭ ހައްޔަރުކޮށްފިއެވެ.
މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ބުނީ، މިފަދަ މައްސަލައަކާއި ގުޅިގެން މާފައްނު ސަހަރާ ތެރެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކުރިއިރު މިމީހާގެ އަތުން ސިހުރު ހަދަން ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް ތަކެތިވެސް ފެނިފައިވާ ކަމަށެވެ.
"މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 56 އަހަރުގެ ދިވެހި ފިރެހެނެއް މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ހިނގައިފައިވަނީ މިރޭ 21:30 ހާއިރުއެވެ. އަދި މިމީހާ ސަހަރާތެރޭ އުޅެނިކޮށް އެންމެ ފުރަތަމަ ފެނުނުކަމަށްވަނީ އެސަރަހައްދުގައި ތިބި އާމުންގެ ބަޔަކަށެވެ.
ސިހުރު ހެދުމަށް މިނޫނަސް މާލޭގެ ސަހަރާތަކުތެރޭގައި އުޅުނު ބަޔެއް މީހުން މިއަހަރުގެ ތެރޭ ފުލުހުންގެ ބެލުމުގެ ދަށަށްވަނި ގެނެސްފައެވެ.



