ކަށްވަޅު ކޮންނަންތިބި ހަތްމީހުން ހައްޔަރުކޮށްފި

މާލޭ، މާފަންނު ސަހަރާ ތެރޭގައި ކަށްވަޅު ކޮންނަން ތިބި ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާފަންނު ސަހަރާގައި ކަށްވަޅު ކޮންނަން ތިބި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާއްމުންގެ ބަޔަކު ކުރި ރިޕޯޓަކާއި ގުޅިގެން ރޭ 12:30 ހާއިރުއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ދިވެހި ދެ އަންހެނުންނާއި، ދިވެހި ފިރިހެނަކާއި, ބިދޭސީ ހަތަރު ފިރިހެނުންނެވެ. 

މަންޒަރު ދުށް ބައެއް މީހުން ބުނީ، ކަށްވަޅު ކޮންނަން ތިބި ތަން އޭނާއަށް ފެނުމުން ސިހުރު ހަދާއިރު ބަލަން ނުވާނެކަމަށް ބުނެ އެ މަންޒަރު ނުބަލަން އެތަނުގައި ހުރި ދިވެހި ފިރިހެން މީހާ އެދުނު ކަމަށާއި، ސަހަރާ ތެރެއިން އަންހެނަކު ރޯއަޑު އިވުނު ކަމަށެވެ.

އެވަގުތު އެސަރަހައްދުގައި ހުރި އިތުރު މީހަކު ބުނެފައިވަނީ، ސަހަރާ ތެރޭގައި ހުރި އަންހެނަކު ފާޑެއްގެ ބާރުތަކެއް އަރައިގެން ދުއްވައިގަންނަން އުޅުނު މަންޒަރު ފެނުނު ކަމަށާއި، އެ މީހުން ކަށްވަޅު ކޮނުނީ ބަޔަކު ހަދާފައި ހުރި ސިހުރެއް ނައްތާލަންވެގެން ކަމަށް އޭނާ ކައިރީގައި އެމީހުން ބުނި ކަމަށެވެ.

މީސްމީޑިއާގައި ދައުރުވާ ސީންގެ ފޮޓޯތަކުން ފެންނަނީ ކަށްވަޅު ކޮނެގެން ނަގާފަަައި ހުރި ގިނަ އަދަދެއްގެ ގާތަކެކެވެ. ނަމަވެސް އެތަނުން އިންސާނެއްގެ ކަށިތަކެއް ނަގާފައި ހުރިތަނެއް ނުފެނެއެވެ.

މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ