ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒުގެ ރައްޓެއްސަކު ދިރިއުޅޭ ގެއަށް އަންހެން ވަގަކު ވަދެ ސިހުރު ހަދާކަމަށް ޔަޤީންކުރެވޭ ވީޑިއޯ އެއް އޭނާ ހާމަކޮށްފިއެވެ.
އަލީ ރަމީޒް މި ވީޑިއޯ އާންމުކުރީ އޭނަގެ ފޭސްބުކް އެކައުންޓުގައެވެ. މި ވީޑިއޯ ހިއްސާކުރުމަށްފަހު އަލީ ރަމީޒު ބުނީ، އޭނަގެ ރައްޓެއްސެއްގެ ގެއަށް އަންހެން ވަގަކު ވަގަށް ވަދެ ގޭގެ އެކި ތަންތަންނަށް ސިހުރު ފެން އަޅައިފައިވާ ކަމަށެވެ.
މި ވީޑިއޯއިންވެސް އެ މަންޒަރު ފެނިގެންދާއިރު، އަލީ ރަމީޒު ބުނީ މިއީ ޔަޤީންކުރެވޭ ގޮތުގައި ސިހުރު ހަދައިފައިވާ ފެނެއްކަމަށެވެ. އަދި އެ އަންހެން ވަގު މީގެކުރިންވެސް އެ ގެއަށް ވަދެ ދެތިން ފަހަރަކު މި އަމަލު ހިންގައިފައިވާ ކަމަށެވެ.
އަލީ ރަމީޒު ހިއްސާކޮށްފައިވާ މި ވީޑިއޯއަކީ އެ ގޭގެ ސީސީ ޓީވީ ފޫޓޭޖެކެވެ. މި ފޫޓޭޖުން ހާމަވާ ގޮތުގައި މިއީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު ހިނގައިފައިވާ ކަމެކެވެ.
މީހުންގެ ދިރިއުޅުން ހަލާކުކުރަން ކުރުމަށް ސިހުރު ހަދާ މީހުން އަދިވެސް ދިވެހި މުޖުތަމައުގައި ވަރަށް ގިނަ ކަމަށް ފާހަގަކޮށް އަލީ ރަމީޒު ބުނީ، މިފަދަ މީހުންގެ ނުބައިކަމުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ސިހުރު ހާހޫރުގެ ނުބައި އެތައް ޢަމަލެއް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުންދާ ކަމީ ހިތާމަ ހުރި އަދި މުޖުތަމައުއަށް އޮތް ބޮޑު ނުރައްކަލެކެވެ.
ސިހުރު ހެދުމަކީ އިސްލާމް ދީނުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުބައި ވެގެންވާ އަމަލެކެވެ. އެއީ ޝައިޠާނީ ޢަމަލެކެވެ. ޝިރުކު ކޮށްގެންނާއި ހުތުރު ރޫޙުތަކާ ގާތް ގުޅުމެއް އުފައްދައިގެން އެ ތަކެތީގެ ބަހަށް ހެއްލިގެން މެނުވީ އެކަމެއް ނުކުރެވެ އެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެހެނެއްކަމަކު، އެޝައިޠާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ."




ހިޔާލު
ތި މިސްމީހުންނާއެއްސުފުރާގަ ކާންވެސްނުވާނެ