އއ. އުކުޅަހުން ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޕޮޒިޓިވްވެފައިވަނީ، އެރަށު "ނަލަވެލި ވިލާ ގެސްޓް ހައުސް"ގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެކެވެ.
އުކުޅުހު ކައުންސިލުން ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ، ރަޝިއާގެ 30 އަހަރުގެ ފިރިހެނެއްކަމަށެވެ. އަދި މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މިއީ އޮގަސްޓް 17 ގައި އެ ރަށުގެ ގެސްޓު ހައުސްތައް ފަތުރުވެރިންނަށް ހުޅުވާލި ފަހުން އުކުޅަހުން ފަތުރުވެރިއަކު ޕޮޒިޓިވްވި ތިންވަނަ ފަހަރެވެ.



