ފަރީދީމަގުގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ކާރެއް ބަލާ ފާސްކުރަނީ : ފޮޓޯ - އަވަސް

މާލޭގައި ބޮޑު ޑްރަގް އޮޕްރޭޝަނެއް، ފަރީދީމަގު ބަންދު!

ޑްރަގް އެންފޯސް ޑިޕާޓްމަންޓުން މާލޭގައި ބޮޑު ޑްރަގް އޮޕަރޭޝަނެއް ކުރިޔަށްގެ ގެންދަން ފަށައިފިއެވެ.

މި އޮޕްރޭޝަން ކުރިޔަށްގެންދަނީ ފަރީދީ މަގުގައެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ސީގަލް ކެފޭ ކުރިމަތިން ފެށިގެން ފަރީދީމަގު ބަންދު ކޮށްފައެވެ. އަދި އޯކިޑް މަގުން ފަރީދީ މަގަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފައެވެ.

މިކަމާއި ގުޅިގެން ޕޮލިސް ކޮމިޝަނާރ މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަރީދީމަގުން ބްލޮކެއް ބަންދުކޮށްފައިވަނީ އެ ސަރަހައްދުގައި އޮތް ކާރަކުން، ރާއްޖެ ސްމަގްލް ކޮށްފައިވާކަމަށްބެލެވޭ ގިނަ އަދަދެއްގެ ނާރކޮޓިކް ޑްރަގް ފެނުމާއިގުޅިގެން ފޮރިންސިކް ތަހުގީގަށްކަމަށެވެ.

މިއީ ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް ގުޅިގެން ކަނޑާއި އެއްގަމުގައި ހަފްތާ އަކަށްވުރެ ގިނަދުވަސް ވަންދެން ހިނގި އޮޕަރޭޝަނެއްކަމަށާއި، މި އޮޕަރޭޝަނުގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައި ވާކަމަށްވެސް ޕޮލިސް ކޮމިޝަނާރ ހަމީދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފުލުހުން މި ނޫހަށް ވިދާޅުވީ މިހާރު ކުރިޔަށްގެންދާ އޮޕަރޭޝަނަކީ ޑްރަގް އެންފޯސް ޑިޕާޓްމަންޓުން ކަނޑުމަތީގައި ކުރިޔަށްގެންދިޔަ އޮޕަރޭޝަނަކާއި ގުޅުން ހުރި ކަމެއްކަމަށެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންއާއި ގުޅުންހުރި އިތުރު ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ