ނޮޅިވަރަމުން އަތުލައިގަތް މަސްތުވާތަކެތި - ފޮޓޯ: ޕޮލިސް

ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

"ފެބްރުއަރީ 8 ވަނަ ދުވަހު ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް. އެ އޮޕަރޭޝަނުގައި އެރަށު ބަނދަރު މަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ސެލޯފިންކޮޅު ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލއާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީިފައިވާއިރު، މި މައްސަލަ ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ