އިސްލާމީ އުންމަތައް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާއަކީ މަސްތުވާތަކެތި – ޚުތުބާ

އިސްލާމީ އުންމަތައް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާއަކީ މަސްތުވާތަކެތި ކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ ﷲ އުފެއްދެވި މަޚުލޫގުންގެ ތެރެއިން އިންސާނާ އެންމެ މާތް ކުރައްވާފައި ވަނީ އިންސާނުންނަށް ދެއްވާފައިވާ ބުއްދިޔާ ވިސްނުމުގެ ސަބަބުންނާއި، ހެވާ ނުބައި، ރަނގަޅު ގޮތާއި ނުރަނގަޅުގޮތް އިޚްތިޔާރު ކުރުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބިގެންވީތީ ކަމަށެވެ.

ޚުތުބާގައިވަނީ މަސްތުވާތަކެތި ބޭނުން ކުރާމީހާގެ ސިކުނޑިން ރަނގަޅު ނޫން މެސެޖުތައް ދިނުމުގެ ސަބަބުން، ހަށިގަނޑުގައިވާ އެންމެ ހިމަ ނާރަށްވެސް އޭގެ އަސަރުކޮށް، އޭނާގެ ކިބައިން އާދަޔާ ޚިލާފު އަމަލުތައް ފެންނަ ކަމެވެ.

އަދި މަސްތުވާ ތަކެއްޗަކީ އަހަރެމެންނަށް ކުރިމަތިވެފައިވާ އެއްމެ ނުރައްކާތެރި ވަބާކަން ސިފަކުރައްވާ ހުކުރު ޚުތުބާގައި ބުނެފައި ވަނީ، މީހަކަށް ބައްޔެއް ޖެހުމުން އޭނާ އެބަލިން ސަލާމަތްވާން މަސައްކަތް ކުރިނަމަވެސް، އީމާންތެރިކަން ވަރުގަދަ ނޫންމީހަކު މަސްތުވާ ތަކެތީގެ ވަބާގައި ޖެހިއްޖެ ނަމަ އޭގެން ސަލާމަތްވެ، ދުރައްދާން މަސައްކަތް ނުކުރާނެ ކަމަށެވެ.

ހުތުބާގައި ގެނެސްފައިވާ ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅުގެ މާނާގައިވަނީ "ތިޔަބައި މީހުން ރާއާއި ބުއްދި ފިލުވާލާ ކޮންމެ އެއްޗަކާ ދުރުހެލިވާށެވެ! ފަހެ ހަމަކަށަވަރުން އެއީ ހުރިހާ ނުބައި ކަމެއްގެ އަޞްލެވެ!"

އެގޮތުން މަސްތުވާ ތަކެތި ބޭނުންކުރާމީހާ އެތަކެތި ގަތުމަށް ފޭރުމާ، ވައްކަން ކުރުންފަދަ ބޮޑެތި ކުއްތަކަށް އަރައިގަންނަ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ ހަވާނަފްސުގެ އެދުންތަކަށް ތަބާވެ ހަލާކާ ގެއްލުމުގެ މަގު ކަމުގައިވާ މަސްތުވާތަކެތި އިޚްތިޔާރުކުރާ މީހާ ގެއްލި ހަލާކުވެ ދެއެވެ. އެއީ އެހާވެސް ނުބައި ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ