ރާއްޖޭގައި ޑްރަގް ނުވަންނަ ގެޔެއް މިހާރު މަދުވާނެ: ޝައިހް ޒައިދު

ދިވެހިރާއްޖޭގައި މިހާރު ޑްރަގް ނުވަންނަ ގެޔެއް މަދުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިޙް ޢަލީ ޒައިދް ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވެފައި މިވަނީ، މިއަދު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަގުމަތިން ކާރެއް ހުއްޓުވައި، އޭގެތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި ވަނިކޮށެވެ.

ޝައިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑްރަގް ޑީލަރުން ދޫނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި، ރާއްޖޭގައި މިހާރު ޑްރަގް ނުވަން ގެއެއް މަދޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށެވެ.

"ރާއްޖޭގައި މިހާރު ޑްރަގް ނުވަން ގެއެއް މަދޭ ބުންޏަސް ދޮގަކަށް ނުވާނެ. ހެޔޮ ނުވާނެ ޒުވާނުންނޭ، މިވަބާގައި ނުޖެހޭ. މުޅިދިރިއުޅުން ވާނީ ހަލާކު، ޕީސްކޮޅެއް ހޯދަން ސަލާން ޖަހައި، މުޅި ހަޔާތް ބަރުބާދުކޮއްލަން ޖެހެނީ. ސަލާމަތްވޭ" ޝައިހް ޒައިދު ވިދާޅުވިއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވެފައި ވާއިރު، މިއަދު ހިންގި އޮޕަރޭޝަންގައި ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މިމަސްތުވާތަކެތި ހުރީ 2 ގޯނީގެ އިތުރުން 2 ލަގޖެއްގައި ކަމަށެވެ. މިތަކެތި ފުލުހުން ހޯދާފައި ވަނީ ފަރީދީ މަގުގައި ހުންނަ އެފްޑީއައި ކައިރީ މަގުމަތީ ޕާކްކޮށްފައި އޮތް ކާރެއްގެ ޑިކީގެ ތެރެއިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Mina

    Raajje aku nei kale aai kaleyge auvaanun genai verikamuge nohoruppaan nujehey rayyatheh.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ