ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދެމުންދާއިރު މިސްކިތްތަކުގެ ދަރުސްތަކަށް ފުރުޞަތު ދިނުމަށް ޝެއިޙް ޢަލީ ޒައިދު ގޮވާލައިފިއެވެ.
ޝެއިހް ޒައިދު ވިދާޅުވެފައި ވަނީ މާލެއަށް ބޮޑެތި ލުއިތަކެއް ދެވޭ އިރު، މިސްކިތްތަކުގެ ދަރުސްތައް އިތުރަށް ލަސްނުކޮށް ފެށުމަކީ މިހާރު ދިވެހިން އެންމެ ބޭނުންވާ ކަތައްކަމަށެވެ. އަދި މިހާރު މުޖުތަމަޢުން ފެންނަ ލުއިތަކާއި މަންޒަރުތަކަށް ބަލާއިރު އެޗްޕީއޭއިން މިސްކިތްތަކުގެ ދަރުސްތަކަށް ފުރުޞަތު ދިނުމަށް އިލްތިމާސް ކުރާކަމުގައި ޒައިދު ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.
Male ah bodethi luithah dheveyiru, Miskithuge dharus thah ithurah lasnukoh feshumakee mihaaru dhivehin enme beynun vaa kanthah.
Mihaaru mujuthamaun fenna luithakaa manzaruthakah balaairu, @HPA_MV in Miskihthakuge dharusthakah furusathu dhinumah alhugandu ilthimaas kuran!
— Ali Zaid (@alizaid1000) December 19, 2020
އެގޮތުން ރެއިން ފެށިގެން މާލޭ ސަރަހައްދުގައި ރޭގަނޑު 0000 އިން ފެށިގެން ފަތިހު 0400 އާ ހަމައަށް އިއުލާނުކޮށްފައިވާ ކާފިއު ވަނީ އުވާލައިފައެވެ. އަދި ދާދިފަހުން ވަނީ ކުޅިވަރު މުބާރާތްތަކާއި ހަފްލާތަކައި އަދި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަވެސް އެޗްޕީއޭއިން ދީފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުން ރަށްރަށަށް ދާފަރާތްތަކުގެ ކަރަންޓީންގެ މުއްދަތު10 ދުވަހަށް ކުޑަކޮށްފައިވާއިރު، ދިވެހިންނަށް ކަރަންޓީން ވުމަކާނުލާ ރިސޯޓްތަކަށް ދިއުމުގެ ހުއްދަވެސް އެޗްޕީއޭއިން ވަނީ ދީފައެވެ.
އަދި ރާއްޖެއިން ބޭރުން މާލެ އަންނަ ދިވެހިން ކަރަންޓީން ވާން ނުޖެހޭ ގޮތަށްވެސް އެޗްޕީއޭއިން ވަނީ ބަދަލުކޮށްފައެވެ.



