ޝައިޚް ޢަލީ ޒައިދު

އެޗްޕީއޭއަށް ކުރި އިޙްތިރާމް ގެއްލިއްޖެ: ޒައިދު

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ކުރި އިޙްތިރާމް ގެއްލިއްޖެ ކަމުގައި މައްޝޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ޢަލީ އާޒިމްގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޭކް ފެޅި ހަފްލާއެއްގައި މަޖްލިސް ރައީސްއާއި ބައެއް މެންބަރުން އެއްވެސް ގައިދުރުކަމެއް ނެތި އަދި ބައެއްފަރާތްތަކުން މާސްވެސް ނާޅާ ހުރި މަންޒަރު ފެންނަ ވީޑީއޯއެއް ހިއްސާކުރައްވައެވެ.

ޝެއިޚް ވަނީ އެޕާޓީ އަކީ 3 ފޫޓް ދުރުގައި ޤަވާއިދާއި އެއްގޮތަށް ބޭއްވުނު ޕާޓީއެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އެއަށްފަހު ޝެއިޚް ވިދާޅުވީ އެޗްޕީއޭއަށް ކުރި އިޙްތިރާމް ގެއްލިއްޖެކަމަށެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވާއިރު ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިއަދު މެންދުރު ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ވަނީ މިސްކިތްތަކުގެ ޖަމާޢަތް ހަދާއިރު ގައިދުރު ކޮށް ތިބުމަށް އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ޙާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއްވާފައިވާތީ، ފަތުވާ މަޖިލީހާއި ދީނީ ޢިލްމުވެރިންނާއި މަޝްވަރާކޮށް، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 01 މާރޗް 2021 ވާ ހޯމަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ކޮވިޑްގެ މިޙާލަތުން ލުޔެއް ލިބެންދެން ގްރޭޓަރ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާޢަތް، ގައި ދުރުކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ޝެއިޚް ޢަލީ ޒައިދު އިތުރަށް ވިދާޅުވެފައި ވަނީ ދެންވެސް ބުނާނީ ކޭސް ތައް ބޮއްސުންލީ މިސްކިތާ ގުޅިގެންކަމަށްތޯކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

2 Responses

  1. ބަލާލާ

    ގައިޑްލައިން ހިތުން ދަސް ވޭތޯ ހުއްޓާ ނުލާ ކިޔަންވީ ހިތް އަލި ކުދިންނަށް އަވަހަށް ދަސްވާނެ ހިތްކޮށި ކުދިން ބަލައިގެން ކިޔަސް ކިޔާނީ ރޯނުބައިކޮށް.

  2. ރަހޭ

    ޒައިދުއަށް ތިގޮތަށް ޓުވިޓެއްކޮށްލައިގެން ތިކަމުން ސަލާމަތް ވެވޭނެކަމަށް ގަބޫލުކުރަށްވަންތޯ . ކޮބައިތޯ ތިބޭފުޅުންގެ ޒިންމާ .

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ