ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު - ފޮޓޯ: މިހާރު

5 މިލިއަނަށްވުރެ ދަށުގެ ޕްރޮކިއުމަންޓްތަކުގެ މަޢުލޫމާތު ހާމަ ކުރުމަށް އަންގައިފި

5 މިލިއަނަށްވުރެ ދަށުގެ ޕްރޮކިއުމަންޓްތަކުގެ މަޢުލޫމާތު ހާމަ ކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ސޮއި ކުރައްވައި މިއަދު ނެރެފައިވާ މާލިއްޔަތާ ބެހޭ ސަރކިއުލަރ އެއްގައި ވިދާޅުވެފައި ވަނީ ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުއައްސަސާތަކުން ކުރިޔަށް ގެންދާ ޕްރޮކިއުމަންޓަކީ އެ ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 3 ގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމެންޓްއެއްނަމަ އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑް ކޮށްފައިވާ ފަރާތުގެމަޢުލޫމާތު ހާމަކުރަންވާނެކަމަށެވެ.

އެގޮތުން އެ ޕްރޮކިއުމަންޓެއް އެވޯޑް ކުރިތާރީޚްއިން ފެށިގެން ސަރުކާރު ބަންދުނޫން 5 ދުވަސްތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި މި މަޢުލޫމާތު ޝައިރު ކުރަންވާނެކަމުގައި ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރުގެ އޮފީސްތަކުންނާއި މިނިވަން މުއައްސަސާތަކުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓަކީ މާއްލިއްޔަތުގެ ޤަވާއިދުގެ ބާބު 10 ގެ ޖަދުވަލު 1 ގެ 1 އަދި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއްނަމަ ކޮންމެ މަހެއްގައި އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތުވެސް ދެންފެށޭ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ގެޒެޓްގައި ޝާއިރު ކުރަންވާނެކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މި ސަރކިއުލަރގައި ފިނޭންސް މިނިސްޓަރ ވަނީ އެގޮތަށް އެވާޑް ކޮށްފައިވާ ޕްރޮކިއުމަންޓްގެ މަޢުލޫމާތުތައް "އެވޯޑް ޑޭޓާ ޝީޓް" މެދުވެރިކޮށް ގެޒެޓްގައި ޝާއިރު ކުރުމަށް ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ