މީސްމީހުންނާއި މަގުމަތިން ފޮށުމަކީ މިހާރުވަރަށް އާންމު ކަމެއް ކަމަށާއި، ޝައިހް އަލީ ޒައިދް އާއި ފިރިހެނަކު މީގެ ދެދުވަސް ކުރިން މަގުމަތިން ދިމާކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.
ޝައިހް ޒައިދް މިހެން ވިދާޅުވެފައި މިވަނީ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ފަރާތުން ޖިންސޯ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މީހާ މިއަދު ހެނދުނު ރައީސް އޮފީސް ކައިރިން މިނިސްޓަރު އިމްރާނާއި ދިމާކޮށް، ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.
ޝައިހް ޒައިދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ ދެދުވަސް ކުރިން އޭނާ ހުޅުމާލެ ތެރޭގައި ސައިކަލުގައި ދަނިކޮށް ފިރިހެނަކު އެއްޗިހިކިޔައި ދިމާކޮއްފައިވާ ކަމަށެވެ. އަދި މިގޮތަށް ފޮށިހަދާ މީހުންނަކީ އަޙްލާޤް ދަސްކުރަން ވެއްޖެ ބައެއް ކަމަށްވެސް ޝައިހް ޒައިދް ވިދާޅުވިއެވެ.
Mees meehunnaa magumathin foshumakee mihaaru v aammuvejje kameh! Meege 2 dhuvaheh kurin alhugandu Hulhumale thereyga cycle ga dhanikoh alhugandaaves firihenaku ehchethi kiyai foshunu! Alhugandu dhekenee migothah foshi hadhaa meehunnakee akhlaaq dhaskuran vejje baekey! هداهم الله!
— Ali Zaid (@alizaid1000) December 9, 2020
އޮންލައިން ނޫސް "ވަގުތު" ގައި ރިޕޯޓް ކޮއްފައިވާ ގޮތުން ރައީސް އޮފީސް ކައިރިން މިނިސްޓަރ އިމްރާން ހިންގަވާފައި ވަޑައިގެންނެވިއިރު އަންހެން މީހާ ވަނީ މިނިސްޓަރ އިމްރާން އާއި އެއްވަރަށް ސައިކަލް ދުއްވަމުން ނުރުހުން ފާޅުކޮށް އަޑުގަދަ ކޮށްފައެވެ.
އަދި އިމްރާން އަރިހުގައި އޭވަގުތު ބޮޑީގާޑާއި އަދި އިތުރު މީހަކު ވެސް ހުރިކަމަށާއި އެހެން ނަމަވެސް އެއްވެސް މީހަކު އަންހެން މީހާ ހުއްޓުވަން މަސައްކަތް ކޮއްފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.



