ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ވެކްސިން ހޯދުމަށް ރާއްޖެއިން ކޯވެކްސް ފެސިލިޓީއަށް ފޮނުވި އެޕްލިކޭޝަން އެ ފެސިލިޓީ އިން ބަލައިގަންފައިވާ ކަމަށް ޑރ ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެގޮތުން ކޮވިޑް 19 ވެކްސިން ދިނުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެޗްއީއޯސީ އިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެންމެ ރައްކާތެރި، އެފެކްޓިވް އަދި އަވަހަށް ވެކްސިން ލިބެން އޮތް ގޮތަކީ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ކަމަށާއި، ރާއްޖެއިން ވެކްސިން ހޯދުމަށް އެ ފެސިލިޓީއަށް ހުށަހެޅުނު އެޕްލިކޭޝަން މިހާރުވަނީ ބަލައިގަނެފައި ކަމަށެވެ.
ޑރ ނަޒްލާ ވިދާޅުވީ ކޮވިޑް 19 ވެކްސިނަކީ، ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި އެތައް މަހެއް ފަހުން ލިބުނު އެންމެ އުއްމީދީ ހައްލު ކަމަށެވެ.
ރާއްޖޭގައި ކޮވިޑް 19 ވެކްސިންގެ ރައްކާތެރިކަން ޔަގީންކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް އެޗްޕީއޭ އިން ވަނީ ރާވާފައެވެ. އެގޮތުން ރާއްޖޭގައ ބޭނުންކުރެވޭނީ ރައްކާތެރި އަދި ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވައިވާ ވެކްސިން އެކެވެ.
މީގެއިތުރުން، ވެކްސިން ރައްކާކުރުމުގައާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ފިނިހޫނުމިން ބަހައްޓަންޖެހޭ މިންވަރަށް ބެހެއްޓުމަށް ތައްޔާރުވަމުން ދާ ކަމަށް ޑރ ނަޒްލާ މުސްތަފާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.



