އުއްމީދަކީ ކޮވިޑް ވެކްސިންތައް، އަވަހަށް ބޭނުންކުރަން ފެށި ޓެސްޓުކުރުމަށް ދިމާވާދަތި ތަކުން އަރައިގަނެވުން - މިނިސްޓަރ މަޢުސޫމް

އުންމީދަކީ ކައިރި މުސްތަޤްބަލެއްގައި ކޮވިޑް-19 އަށް ތަޢާރަފުވަމުންދާ ވެކްސިންތައް، މުޅި ދުނިޔޭގައި ބޭނުންކުރަންފެށި، މިހާރު ހަދަމުންދާ ޕީ.ސީ.އާރު. ޓެސްޓުތަކުގައި ދިމާވާދަތި ތަކުން އަރައިގަތުންކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (UNWTO) ގެ ފަރާތުން އިންތިޒާމުކުރެއްވި "ސެވަންތް ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަތުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލައްވާ 2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ ކުރިއަރާނޭ އަހަރެއްކަމަށް ލަފާކުރައްވާކަމުގައި
ވިދާޅުވިއެވެ.

މިބައްދަލުވުމުގައި UNWTO ގެ ސެކްރެޓަރީ-ޖެނެރަލް ނޫރަބް ޕޮލޮލިކަޝްވިލި، UNWTO އެގްޒެކެޓިވް ކައުންސިލްގެ ޗެއަރ ނަޖީބް ބަލާލާ، ICC ގެ ސެކްރެޓަރީ-ޖެނެރަލް ޖޯން ޑެންޓަން، ICA0 ގެ ސެކްރެޓަރީ ޖެނެރަލް ފޭންގ ލިއުގެ އިތުރުން މެމްބަރު ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުން
ބައިވެރިވެވަޑައިގެންނެވިއެވެ.

މިކޮމިޓީއަކީ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ޙައްލެއް ގެނައުމަށްޓަކައި UNWTO އިން އެކުލަވާލެއްވި ކޮމިޓީއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ