މާލެ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ލޮނުޒިޔާރަތް ޕާކަށް މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް އެކައުންސިލުން ހާމަކުރައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލުންވަނީ ލޮނުޒިޔާރަތް ޕާކަށް ޒިޔާރަތްކުރި ފަންސާސް ހާސް ވަނަ މީހާއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ލޮނުޒިޔާރަތް ޕާކަށް ޒިޔާރަތްކުރި ފަންސާސް ހާސް ވަނަ މީހާއަކީ ގ. ހިމުސް ޙައްވާ އާދަމްއެވެ. މާލެ ސިޓީ ކައުންސިލުން ޙައްވާ އާދަމާއި އޭނާގެ އާއިލާއަށް މަރުޙަބާކިޔުމުގެ ގޮތުން ތަފާތު ވައްތަރުގެ ގަސް ހަދިޔާކޮށްފައިވެއެވެ.
ލޮނުޒިޔާރަތް ޕާކު ހުޅުވިތާ މިއަދަށް އެއްމަސް ދުވަސް ވެފައިވާއިރު އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް އެތަނަށް ލިބެމުންދާކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މި ޕާކު ރަސްމީކޮށް ހުޅުވާފައި ވަނީ މިއަހަރުގެ ޖުމްޙޫރި ދުވަހާ ގުޅުވައިގެން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.
Today marks 1 month since Lonuziyaaraiy Park opened, and today we have reached 50,000 vistors. Hawwa Adam, G. Himmus is our 50k Visitor. Thank you public for the tremendous love and support. pic.twitter.com/uh8NPo7Nwd
— Male' City Council (@MaleCitymv) December 11, 2020
2.5 ހެކްޓަރުގެ މި ޕާކު ހިތްފަސޭހަ ބަގީޗާއެއްގެގޮތުގައި ތަރައްޤީކުރުމަށް ޖުމްލަ 16.8 މިލިއަން ރުފިޔާ ދަޢުލަތުން ޚަރަދުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.



