މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭން އައްޑޫގައި ހަދާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ ނައިބު ރައީސް ފައިސަލް ނަސީމް އަދި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް އަޅުއްވައި ދެއްވައިފިއެވެ.
މި ބިންގާ އަޅުއްވާދެއްވާފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމް އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 15.9 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. އަދި މި މަޝްރޫއުއަށް އިންޑިއާ ސަރުކާރުން ވަނީ 7.9 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ފޯރުކޮށްދީފަ އެވެ.
Vice President @FaisalNasym attends Groundbreaking Ceremony of Drug Detoxification and Community Rehabilitation Centre in #AdduCity Hulhumeedhoo Island pic.twitter.com/QvlVjCMEQk
— The President's Office (@presidencymv) December 12, 2020
180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މި ރިހިބިލިޓޭޝަން ސެންޓަރެއް އަޅަންނިންމާފައިވަނީ އައްޑޫގައި މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫގައެވެ. ސަރުކާރުން ވިދާޅުވިގޮތުގައި އައްޑޫގެ މި ރިލިބިހިޓޭޝަން ސެންޓަރަކީ ބައިނަލްއަގްވާމީ ފެންވަރުގެ މަރުކަޒެކެވެ.




