ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރެފަިއވާ 3 ސަރކިއުލައެއް އެކޯޓުން މިއަދު ބާޠިލް ކޮށްފިއެވެ.
ސްޕްރީމް ކޯޓުން ބާޠިލް ކޮށްފައިވާ ސަރކިއުލަރ ތަކުގެ ތެރޭގައި އެކޯޓުގެ އެސް.ސީ/2015/14 ސަރކިއުލަރ ހިމެނެއެވެ. މިސަރކިއުލަރ ގައި ބުނެފައި ވަނީ ދަށު ކޯޓުތަކުން ނިންމާ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ހައިކޯޓުގައި އިސްތިއުނާފުކުރެވި ހައިކޯޓުން ޙުކުމް ކަނޑައަޅަންޖެހޭ އަދި ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ސުޕްރީމް ކޯޓުން ކަށަވަރުކުރަންޖެހޭ މައްސަލަތަކުގައި، ދަށު ކޯޓުން އެ މައްސަލައިގެ ޙުކުމް ކުރާތާ 10 ދުވަހުގެ ތެރޭގައި، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ޙައްޤު އޮތް ފަރާތުން އެ މައްސަލަ ނިންމި ކޯޓެއްގައި އިސްތިއުނާފުކުރަން އެދޭކަން ކަށަވަރުކުރަން ޖެހޭނެކަމަށެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ ސަރކިއުލަރ ތަކެއް ބާޠިލުކޮށްފި. pic.twitter.com/jIJaPuYix9
— Supreme Court of the Maldives (@SCMaldives) December 13, 2020
ސްޕްރީމް ކޯޓުން ބާޠިލް ކޮށްފައިވާ ދެވަނަ ސަރކިއުލަރ އަކީ އެސް.ސީ/2015/13ސަރކިއުލަރއެވެ. މި ސަރކިއުލަރ އަކީ ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިލްތިމާސްކުރުމާ ގުޅޭ ގޮތުން ނެރެފައިވާ ސަރކިއުލަރއެކެވެ.
ސްޕްރީމް ކޯޓުން ބާޠިލް ކުރި 3 ވަނަ ސަރކިއުލަރ އަކީ އެކޯޓުގެ އެސް.ސީ/2016/04 ސަރކިއުލަރއެވެ. މިއީ ފުރަތަމަ މަރުހަލާގެ ކޯޓުގެ ޙުކުމަކީ، ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ދުސްތޫރީ މައްސަލަތައް އިސްތިއުނާފު ކުރުމާއި ގުޅޭ ގޮތުން އެކޯޓުން ނެރެފަިއވާ ސަރކިއުލަރއެކެވެ.



