ޔުނިސެފްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް ދީތަލި އެހީއެއް!

ޔުނިސެފްގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް 420 ލެޕްޓޮޕާއި، ދިވެހި ކިއުމަށް ދަރިވަރުން އަހުލުވެރި ކުރުމަށްޓަކައި ދިވެހި ވާހަކަފޮތާއި ސްކޫލްތައް ސާފުކުރުމަށް ބޭނުންވާ ޑިސްއިންފެކްޓެންޓް ހަދިޔާކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިތަކެތި ހަވާލުކޮށްދެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. މުނީރް އޭ.ސަފީލްދީންއެވެ. މިނިސްޓްރީގެ ފަރާތުން މިތަކެއްޗާއި ހަވާލުވެ ވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ އެވެ.

މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި މިތަކެތި ހަދިޔާކުރީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު މެދުނުކެނޑި ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށާއި، އަންނަ 2021 ވަނަ އަހަރުގެ ސްކޫލްތައް ރައްކާތެރިކަމާއެކު ހުޅުވުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ