ކޮވިޑް-19 ގައި މަރުވާ ބޭރު މީހުން ރާއްޖޭގައި ވަޅުލުން އެއީ ތާއީދެއް ނުކުރެވޭނެކަމެއް ނޫންކަމަށް ކުރީގެ ރައީސް މަޢުމޫން ޢަބްދުއްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މަޢުމޫން މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔަވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ކުރުމުގައި އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން މަޝްވަރާކުރަމުންދާކަމަށް މިއަދުވަނީ ހާމަކޮށްފައެވެ.
ޓްވިޓާ މެދުވެރިކޮށް މަޢުމޫން ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަކަށްވެސް ހޫނު މަރުޙަބާއެއް ކިޔާކަމަށާއި، އަދި ވަކި ޤައުމެއް ދީނެއް ތަފާތު ނުކޮށް އެ ހުރިހާ ފަރާތްތަކަށްވެސް މިޤައުމުން އަމާންކަން އެދޭކަމަށެވެ. އެހެންނަމަވެސް ކޮވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދުކުރެވޭ ކަމެއް ނޫންކަމަށް މަޢުމޫން ވިދާޅުވިއެވެ.
We warmly welcome all foreign visitors irrespective of their nationality and faith and wish them a happy and peaceful stay here. But bringing the bodies of foreign Covid-19 victims to be buried in Maldives is something that I cannot support. @presidencymv
— Maumoon Abdul Gayoom (@maumoonagayoom) December 14, 2020
ފޮރިން މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާކަމަށެވެ.
އެމިނިސްޓްރީން ވިދާޅުވީ އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންކަމަށެވެ.
ސަރުކާރުގެ މިނިންމެވުމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް އެކަމަށް ތާޢީދުކޮށް ވިދާޅުވީ، އަވައްޓެރި ސްރިލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުނަށް އެހީވާން ސަރުކާރުން ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއްކަމަށެވެ.
https://feshun.wonstasite.com/105404





ހިޔާލު
އަހަރެމެންގެ ގައުމުގަ މަރުވާމީހުނަށް ވެސް މިއުޅެނީ ގަބުރުސްތާނުން ޖާގަ ނުލިބިގެން . ވެލިމައްޗަށް ވެލި އަޅައިގެން ޖާގަ ހަދަން ޖެހޭއިރު މިފަސްގަޑުގަ ވަޅުލާމީހުނަށް ފަޅުރަށެއް ހާއްސަކުރުން މާމުހިއްމު . ސިރީލަންކާގެ ބޮޑު އާބާދީއެއްގަ މަރުވާބަޔަކާ ހަވާލު ވުމަށް ވުރެ ދިވެއްސަކު ސިރީލަންކާގަ މަރު ވެއްޖެނަމަ ރާއްޖެގެނެސް އިސްލާމީ އުސޫލު ތަކަށް ވަޅުލުމަށް އެކަމުގެ އިންތިޒާމު ހަމަ ޖެއްސުން މާއައުލާކަށް ބޮޑު . މިއަދު ލަންކާގަ އޮތް ސަރުކާރަކީ ބުޑިސްޓުންގެ ތާއީދާ އެކު އައިސަރުކާރެއް މުސްލިމުންގެ ތާއީދު ނެތި . އެހެންވެ މުސްލިމުންނަށް އިޙާނެތި ކޮއް ކަން ކުރަނީ މުސްލިމުން އަންދާ އަލިޔަށް ހަދާލާގޮތައް ގާނޫނެއް ވެސް އަދި ގަވާޢިދެއްވެސް ލަންކާއަކުން ހަދާކަށް ނުޖެހޭނެ . ބިންނެތިގެން ލަންކާ ގެ މުސްލިމުން ގައުމުގަ ވަޅުނުލާން ބޭރު ކުރާކަށް ނުޖެހޭ .