މިއަހަރު ގައިދީންނަށް ފައިސާ ފޮނުވޭނެ ފަހު ތާރީހަކީ މިހިނގާ ޑިސެމްބަރު މަހުގެ 29 ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަނުން ވިދާޅުވީ، 2020 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ އެންމެފަހު ތާރީޚަކީ 2020 ޑިސެމްބަރު 30 ވާ ބުދަ ދުވަސް ކަމުގައިވާތީ، ޤައިދީންނާއި ބަންދުމީހުންގެ އާއިލާތަކުން ޖަމާކުރާ ފައިސާ އަހަރަށް ބަލައިގަންނާނެ އެންމެ ފަހު ތާރީޚަކީ، 2020 ޑިސެމްބަރު 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކަމަށެވެ.
އަދި ވިދާޅުުވީ، ޤައިދީންނާއި ބަންދުމީހުންގެ އާއިލާތަކުން އޮންލައިން ޓްރާންސްފަރ ކުރުމަށް އަހަރަށް ކަނޑައެޅިފައިވާ އެންމެފަހު ތާރީޚަކީ، 2020 ޑިސެމްބަރު 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކަމަށެވެ.
މީގެއިތުރުން ވިދާޅުވީ، ޤައިދީންނާއި ބަންދުމީހުންނަށް އާއިލާތަކުން ޖަމާކުރާ ފައިސާ އަލުން ބަލައިގަންނަން 2021 ޖަނަވަރީ 03 ވާ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.



