މޯލްޑިވްސް މީޑިއާ ކައުންސިލުން ދިވެހި މީޑީއާގެ ދަފުތަރު އެކުލަވާލައި އާންމުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ދިވެހި މީޑިއާގެ ދަފުތަރު އެކުލަވާލައި އާންމުކޮށްފިއެވެ.

މި ދަފްތަރަކީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދުގެ 59 މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓުކުރާ ފަރާތްތަކާއި، ވަސީލަތްތަކުގެ ދަފުތަރު އެކުލަވާލައި ބެލެހެއްޓުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ލާޒިމްކުރާތީ، އެކުލަވާލެވުނު ދަފްތަރެކެވެ.

މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ، މޯލްޑިވްސް މިޑިއާ ކައުންސިލަކީ ރާއްޖޭގައި ހިންގާ ހުރިހާ މީޑިއާއެއްގެ ބަލަދުވެރި ފަރާތްކަމުގައި ވީ ހިނދު ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްމަޖައްލާތައް ދެނެގަތުމާއި، ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފުތަރުކޮށް މިހާތަނަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން މީޑިއާތަކާ ގުޅޭ އެކިއެކި މައްސަލަތަކާއި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމަންޖެހޭ ކަންކަން ނިންމުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ކަމަށް އެކައުންސިލުން ބުނެއެވެ.

ޖުމްލަ 219 މީޑިއާއެއްގެ މައުލޫމާތު މިވަގުތު އަދާހަމަ ކޮށްފައިވާ މި ދަފްތަރުގައި މީޑިއާގެ ނަމާއި، އެޑްރެސް، ރަޖިސްޓްރީ ނަންބަރާއި އަހަރު، އަދި މީޑިއާގެ މަސްއޫލުވެރިޔާ އާއި އެޑިޓަރުގެ މައުލޫމާތު ހިމަނާފައިވެއެވެ.

މި ދަފްތަރު މިހާރު މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓް http://www.mmc.org.mv/publications/article/14-12-2... އިން ފެނިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ މަހަކު އެއްފަހަރު ދަފްތަރު އަދާހަމަކޮށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓް ގައި ޝާއިއުކުރެވޭނެ ކަމަށްވެސް އެކައުންސިލުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ