އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަންނަ އަހަރު ޖެނުއަރީމަހުގެ ތެރޭގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

ބޮޑުވަޒީރު ޖޯންސަންގެ އޮފީހުން ބުނީ މި ދަތުރުފުޅަކީ އިނގިރޭސިވިލާތާއި އިންޑިއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ދެގައުމުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ވިލާތުގެ އިއްތިހާދުން އަންނަ ޖެނުއަރީމަހުން ފެށިގެން އިނގިރޭސިވިލާތުން ވަކިވުމަށް ނިންމައިފައިވާއިރު ބޮޑުވަޒީރު ޖޯންސަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ބޭރުގެ ގައުމުތަކާއި އޮއްނަ ގުޅުން އިތުރަށް ރަނގަޅުކޮށް ބޭރުގެ ގިނަ އިންވެސްޓްމެންޓް ތަކެއް އިނގިރޭސިވިލާތައް ގެނައުމަށްޓަކައެވެ.

އިންޑިއާއަށް ޖޯންސަން ކުރެއްވުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅު ވެގެންދާނީ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންފަހުން ގައުމުން ބޭރަށް ރަސްމީ ކަމެއްގައި ވަޑައިގައްނަވާ ފުރަތަމަ ދަތުރުފުޅަށެވެ. މި ދަތުރުފުޅުގައި ޖޯންސަން އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޕެރޭޑުގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ