އިރާގު ސަރުކާރާއި ދެކޮޅު އިސް އެކްޓިވިސްޓަކު ބަޑިޖަހައި މަރާލައިފި

އިރާގު ސަރުކާރާއި ދެކޮޅު އިސް އެކްޓިވިސްޓަކު ވެރިރަށް ބަގުދާދުގައި ބަޑިޖަހައި މަރާލައިފިއެވެ.

ބަޑިޖަހައި މަރާލައިފައިވާ އިސް އެކްޓިވިސްޓަކީ ސަލާހް އަލް އިރާގީ ނަމަކަށްކިޔާ އެކްޓިވިސްޓެކެވެ. އަލް އިރާގީ އަށް ބަޑިން ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެންހުރި މީހެކެވެ.

އަލް އިރާގީ އަކީ އިރާގު ސަރުކާރާއި ދެކޮޅަށް މިދިޔައަހަރު ކުރެވުނު ބޮޑެތި މުޒާހަރާތަކުގައި އިސް ދައުރެއް އަދާކުރި އެކްޓިވިސްޓެކެވެ. މި މުޒާހަރާތައް ކޮށްފައިވަނީ، ކޮރަޕްޝަނާއި، ވަޒީފާ ނެތުމުގެ ސަބަބުންނެވެ.

އިރާގު ސަރުކާރާއި ދެކޮޅު އެކްޓިވިސްޓުން މީގެކުރިންވެސް އިރާގުގައިވަނީ މަރާލައިފައެވެ. މިގޮތުން މިދިޔައަހަރުގެ އޮކްޓޯބަރުމަހުން ޑިސެމްބަރުމަހުގެ ނިޔަލަށް 550 ވުރެ ގިނަ އެކްޓިވިސްޓުންނަށް ހަމަލާދީ މަރާލައިފައި ވެއެވެ.

2019 ވަނަ އަހަރު އިރާގުގައި ކުރަންފެށި މުޒާހަރާތަކާއި ގުޅިގެން އޭރު އިރާގުގެ ބޮޑުވަޒީރުކަމުގައި ހުއްނެވި އާދެލް އަބްދުލް މަހުދީވަނީ މަގާމުން އިސްތިއުފާ ދީފައެވެ. އަލަށް ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެން މުސްތަފާ އަލް ކަދީމީވަނީ އެކްޓިވިސްޓުން މެރި މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ