ސާމްޕަލް ނެގުމުގައި އޮފިޝަލުން ހަރަކާތްތެރިވަނީ / ފޮޓޯ: ކުރިނބީ ހެލްތް ސެންޓަރ

ޓެކްނިކަލް މައްސަލައަކާހެދި ކޮވިޑްގެ ނަތީޖާ ލިބުމުގައި ލަސްތަކެއް!

ޓެކްނިކަލް މައްސަލައަކާހެދި ކޮވިޑް-19ގެ ސާމްޕަލްތަކުގެ ނަތީޖާ ލިބުމުގައި ލަސްވެދާނެކަމަށް ހެލްތް ޕޮރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ރެޕިޑް ރެސްޕޮންސް ޓީމާއި ލެބޯޓްރީގައި، ސާމްޕަލްތައް ރަޖިސްޓަރ ކުރުމަށާއި ނަތީޖާ އެންޓާ ކުރުމަށް ބޭނުންކުރާ ސިސްޓަމުގައި ޓެކްނިކަލް މައްސަލައެއް ދިމާވުމާއި ގުޅިގެން ނަތީޖާ ލިބުމުގައި ލަސްވެދާނެކަމަށެވެ.

އަދި މައްސަލަ ހައްލުކުރުމަށް މިހާރުވެސް އެޗްޕީއޭގެ އައިޓީ ޓީމުން މަސައްކަތް ކުރަމުންދާއިރު، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެޗްޕީއޭއިންވަނީ ޝުކުރުއަދާ ކޮށްފައެވެ.

ކޮވިޑަށްކުރާ ޓެސްޓުގެ ނަތީޖާ 24 ގަޑިއިރުގެ ތެރޭގައި ލިބޭނެ އިންތިޒާމް އެޗްޕީއޭއިން ހަމަޖައްސާފައިވާއިރު، ސާމްޕަލްގެ ނަތީޖާތައް އެމީހަކަށް އެސްއެމްއެސްގެ ޒަރިއްޔާއިން ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން "ހާލު ބެލުން" ޕޯޓަލުންވެސް ނަތީޖާ ފެންނަން ހުންނަކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ