ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު މެއިލް ކުރަން އެދިއްޖެ

ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު މެއިލްގެ ޒަރިއްޔާއިން ފޮނުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އެދިއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަޙައްދުގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ، އާންމުކޮށް ކުރިއަށްގެންދާ ގޮތަށް ފައްސިވާ ހުރިހާ ފަރާތްތަކަށް ގުޅާ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް މިވަގުތު ވަނީ ދަތިވެފައި ކަމަށެވެ.

އެހެންކަމުން ފައްސިވެފައިވާ މީހުންނާއި ފައްސިވާމީހާގެ ކޮންޓެކްޓުންގެ މައުލޫމާތު ވީހާވެސް އަވަހަށް ހޯދައި ދެނެގަތުމަށްފަހު އެކަން ލިޔުމުން އެންގުން އަވަސްކުރުމުގެ ގޮތުން ފައްސިވެފައިވާ މީހުންގެ ފަރާތުން އެ އެޖެންސީއަށް އިމެ އިލް ގެ ޒަރިއްޔާއިން ފޮނުވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެގޮތުން މިކަމަށްޓަކައި ޕޮޒިޓިވްވާ މީހުން އަމަލުކުރާނެ ގޮތަކީ:

  • ޕޮޒިޓިވްވެފައިވާކަން އެންގުމުގައި ލަސްވުމުގެ ފުރުޞަތު އޮތުމުން، ކޯވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް އެއް ނަގާފައިވާނަމަ "ކޯވިޑް ސޭފް" ޕޯޓަލް މެދުވެރިކޮށް ނަތީޖާ ބެލުން.
  • .ކޮވިޑު-19 ގެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަން އެނގުމުން mv.gov.health@ct އީމެއިލް އަށް ޕޮޒިޓިވް މީހާގެ މަލޫމާތު )ނަން، އައިޑީ/ޕާސްޕޯރޓް ނަންބަރ، ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް
    ބޭސް ކުރާނަމަ ތަފްސީލް( އަދި ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތަކުގެ ލިސްޓް )ނަން، އައިޑީ/ޕާސްޕޯރޓް ނަންބަރ،ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ ތަފްސީލް އަދި ޕޮޒިޓިވް ވި ފަރާތާއި
    ދިމާވި ތާރީޚް) ފޮނުވުން.
  • މި މައުލޫމާތު އަމިއްލައަށް ފޮނުވުމަށް ދަތިވާ މީހުން (ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި އަމިއްލައަށް އެފަދަ ކަމެއް ނުކުރެވޭނެ މީހުން)ގެ މައުލޫމާތު އެ މީހެއްގެ ނުވަތަ އެ ކުއްޖެއްގެ ބެލެނިވެރިޔާގެ ފަރާތުން ފޯރުކޮށްދިނުން.

ރާއްޖޭގައި މިހާރު ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވަނީ އޮމިކްރޮން ވޭރިއަންޓް މުޖުތަމައުގައި ފެތުރޭތީ ކަމަށާއި، ކޮވިޑްގެ މި އާ ރާޅު، މުޅި ރާއްޖެއަށް ފޯރާނެ ކަމަށް ހެލްތް މިނިސްޓްރީން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި 8 ދިވެއްސަކު އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ.ޝާހް ވިދާޅުވިއެވެ. އަދި އޮމިކްރޮން ޖެހުނު 8 ދިވެހިންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި ތިން މީހަކާއި، ކުޑަހުވަދޫން އެކަކާއި އަދި މާފުށިން ތިން މީހަކު ކަމަށް ހާމަކުރެއްވި އެވެ.

ފާއިތުވި ހަ ވަރަކަށް މަހާއި އަޅާބަލާއިރު، މިދިޔަ ދިހަ ދުވަހަކީ ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ދުވަހެއް ދުވަހަކަށް ރެކޯޑު އަދަދަކަށް އިތުރުވަމުން އައި ދުވަސްތަކެކެވެ. އެގޮތުން އިއްޔެ އަލަށް 593 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ