އިއްޔެ ގއ.ދާންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ތިން އަހަރު ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
މިއެކްސިޑެންޓު ހިނގީ އެރަށު ބޭރު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، އެ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި ހުރި ކުއްޖާގެ ގައިގައި ޖެހިގެންނެވެ.
ދާންދޫ ކައުންސިލްގެ ނައިބު ރައީސް ފާރިސް މުޙައްމަދު ފެށުމަށް ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތުކަމަށާއި، އެކްސިޑެންޓެއްގައި ސީރިއަށް އަނިޔާތަކެއް ލިބިފައިވަނީ ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށްކަމަށެވެ. އަދި އެކުއްޖާއަކީ އެރަށަށް އާޢިލާއާއެކު ޗުއްޓީ ހޭދަކޮށްލަން އައިސްއުޅޭ ރަށުން ބޭރު ކުއްޖެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގއ.ވިލިނގިލި ހޮސްޕިޓަލުގެ އޮފިޝަލަކު ރޭ ވިދާޅުވީ މި ތުއްތު ކުއްޖާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބި ފައި ބިންދައިގެން ދިޔުމުގެ އިތުރުން އިތުރު ގިނަ ޒަހަމްތައްވެސް ލިބިފައިވާކަމަށެވެ.




