ރަޝިއާއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 50،000 މައްޗަށް

ކޮވިޑް-19 ޖެހިގެން ރަޝިއާއިން މަރުވި މީހުންގެ 50،000 ވުރެ އިތުރުވެއްޖެއެވެ.

ރަޝިއާގެ ސިއްހީ ވުޒާރާތަކާއި ހަވާލާދީ އަލް ޖަޒީރާއިން ބުނެފައިވަނީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 ޖެހިގެން ރަޝިއާއިން 585 މީހުން މަރުވެފައިވާ ކަމަށާއި މިއާއެކު ޖުމްލަ މަރުވި މީހުންގެ އަދަދުވަނީ 50,347 އަރައިފައެވެ.

ފާއިތުވެދިޔަ ދުވަހު ކޮވިޑް-19 އަށް ރަޝިއާއިން 28,209 މީހުންވަނީ ޕޮޒިޓިވުވެފައެވެ. މީގެތެރެއިން 6,459 މީހުން ޕޮޒިޓިވުވެފައިވަނީ ވެރިރަށް މޮސްކޯއިންނެވެ.

މުޅި ޖުމްލަ ކޮވިޑް-19 އަށް ރަޝިއާއިން ޕޮޒިޓިވުވި މީހުންގެ އަދަދު 2,819,429 އަރައިފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2,275,657 އެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދަކީ 521,862 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ