ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް އިތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ، ބޯކޮށް ވާރޭވެހުމާއިއެކު ގުގުރައި އަދި ވިލާގަނޑުގައި 45 މޭލާ ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
އެގޮތުން މެޓް އޮފީހުން އުތުރުގެ އަތޮޅުތަކުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 14:00 އިން ފެށިގެން މިރޭ 20:00 އާއި ހަމައަށެވެ.
Alert white from Haa Alifu to Baa Atoll, Heavy rain, thunderstorm, and gust winds of 45mph expected. pic.twitter.com/cXH3yjC384
— Maldives Meteorology (@MetMaldives) December 22, 2020
މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށްވެސް މެޓުން ބުންޏެވެ. މެޓުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.




