އެސް.ޓީ.އޯ ބަސް ސްޓޮޕް ހިމެނޭ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

އެސް.ޓީ.އޯ ބަސް ސްޓޮޕް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މާލޭ ސިޓީ ކައުންސިލުން ބަދަލު ގެނެސްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ގެޒެޓްކުރި އިއުލާނުގައި ބުނެފައިވަނީ، މާލޭގެ ބައެއް މަގުތަކުގައި މިހާރު އެއްގަމު އުޅަނދު ދުއްވުމަށް ހަމަޖެހިފައިވާ އުސޫލަށް ބަދަލު ގެނައުމަށް އިއްޔެ ނިންމާފައިވާ ކަމަށެވެ.

މިގޮތުން މުޅި ޖުމްލަ ތިން ބަދަލެއް ގެނެސްފައި ވެއެވެ. މި ބަދަލު ތަކަކީ:
1- ހަވީރީހިނގުން ކަނބާއައިސާރަނި ހިނގުމުން ފެށިގެން އިރުން ހުޅަނގަށް ބޮޑުތަކުރުފާނުމަގާއި ހަމައަށް އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކުރުން
2- ކަނބާއައިސާރަނި ހިނގުން ބޮޑުތަކުރުފާނުމަގުން ފެށިގެން ހަވީރީހިނގުމާއި ހަމައަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކުރުން
3- މާފަންނު އައްސޭރި ހިނގުން އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކުރުން

ޓްރެފިކް ފްލޯއަށް ގެނެސްފައިވާ މި ބަދަލުތަކަށް އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަން ދިނުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސް ކުރެއެވެ.

އެސް.ޓީ.އޯގެ އާއްމު އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިން ވެސްޓް ޕާކު ހިންގަމުންދިޔަ ބިމުގައި ޒަމާނީ ފެންވަރުގެ ބަސް ސްޓޮޕެއް ތަރައްޤީކޮށް، އެތަން ރަސްމީކޮށް ހުޅުވާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި ބަސް ސްޓޮޕުގެ އިތުރުން، ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން އެ ސަރަޙައްދުގައި އައުޓް-ޑޯ ޖިމަކާއެކު ޕާކެއްވެސް ވަނީ ތަރައްޤީކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ