ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ މަސް މާރުކޭޓުގެ ހާލަތު ބައްލަވައިލައްވަނީ - ފޮޓޯ: މިހާރު

މާލޭ މަސްމާރުކޭޓް ހިންގައިދޭނެ ބަޔަކު ހޯދަނީ

މާލޭ މަސްމާރުކޭޓް ހިންގައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބަލަހައްޓަމުންގެންދާ ރޯމަސްމާރުކޭޓް ބަލަހައްްޓާނެ ފަރާތެއް ހޯދަން އިއުލާންކުރީ 01 އަހަރު ދުވަހުގެ މުއްދަތައް އެތަން ހިންގާނެ ފަރާތެއް ހޯދަންށެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ މާލޭ ރޯމަސްމާރުކޭޓް އަދި ފަސްޓް ފްލޯގަވާ 01 ފިހާރަ ހިމެނޭގޮތަށް 01 އަހަރު ދުވަހުގެ މުއްދަތަށް އެ ކައުންސިލަށް ކުލިދައްކާގޮތަށް މާރުކޭޓު ކުއްޔަށް ހިންގާ ބަލަހައްޓާނެ ފަރާތެއް ބޭނުންވާކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ބީލަން ރަޖިސްޓަރީ ކުރުމާއި މަޢުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 5 ވަނަ ދުވަހު 09:00  ގައި ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މީގެ އިތުރުން އަގު ހުށަހެޅުން  އޮންނާނީ އޮކްޓޫބަރު މި މަހުގެ އެގާރަ ވަނަ ދުވަހު ނުވައެއް ޖަހާއިރު ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ