ޕާޓީ ބަދަލުކުރުމުން ވަރިކުރާނެ ކަމުގެ ނޯޓިސް ފޮނުވައިފި

އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އެމްޕީއަކު އޭނާގެ އަންހެނުން އެހެން ޕާޓީއަކަށް ގުޅުމުން ވަރިކުރާނެ ކަމުގެ ނޯޓިސް ފޮނުވައިފިއެވެ.

މިހާދިސާ ހިނގައިފައިވަނީ މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓުގައެވެ. ބީޖޭޕީގެ އެމްޕީ އެއްކަމަށްވާ ސައުމިތުރާ ހާން އޭނާގެ އަންހެނުން ސުޖާތާ މޮންޑާލް ހާންއަށް ވަރިކުރާނެ ކަމުގެ ނޯޓިސް ފޮނުވީ، މޮންޑާލް ހާން އިދިކޮޅު ތުރިނަމޫލް ކޮންގްރެސް ޕާޓީ (ޓީއެމްސީ) އާއި ގުޅުމުންނެވެ.

ވެސްޓް ބެންގޯލްގެ ސިޔާސީ މަސްރަހު ހޫނުވާން ފަށައިފައި މިވަނީ ކުރިއަށް އޮތް އިންތިހާބަކާއި ގުޅިގެންނެވެ. ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު މި އިންތިހާބުގައި އެންމެ ގާތުން ވާދަކުރާ ދެޕާޓީއަކީ ބީޖޭޕީ އާއި ޓީއެމްސީ އެވެ.

މިދިޔަ ހޯމަދުވަހު ކަލްކަތާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ މޮންޑާލް ހާން ބުނެފައިވަނީ، ބީޖޭޕީ އިން ވަކިވާން ނިންމައިފައިވާ ކަމަށެވެ. މިގޮތުން އޭނާ ބީޖޭޕީ އިން ވަކިވެ ޓީއެމްސީ އަށް ގުޅުމަށް ނިންމި ސަބަބުތައްވެސް ނޫސްވެރިންގެ ހާޒިރުގައި ބުނެދިނެވެ.

މޮންޑާލް ހާންގެ ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން ފިރިމީހާ ސައުމިތުރާ ހާންވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އަންހެނުން ވަރިކުރަން ނޯޓިސް ފޮނުވިކަން ހާމަކޮށްފައެވެ. އަދި އޭނާއަކީ މޮންޑާލް ހާންގެ ފިރިމީހާގެ ގޮތުގައި ނުކިއުމަށްވެސް ބުނެފައި ވެއެވެ.

މިދެމަފިރިން އިނދެގެން އުޅޭތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެއެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ