އަތުގައި އޮތް ބަނަހަކުން މަސްތުވާތަކެތި ހޯދައި ހައްޔަރު ކޮށްފި

ހދ. މަކުނުދޫގައި މީހެއްގެ އަތުގައި އޮތް ބަނަހެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައި އެމީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އޭނާ ހައްޔަރު ކޮށްފައި ވަނީ މި ޑިސެމްބަރު 23 ވަނަ ދުވަހު މަކުނުދޫގައި ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް މަކުނުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރި މަސައްކަތުން ނެވެ.

އެގޮތުން އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ބަނަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 50 އަހަރުގެ ފިރިހެނެކެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރޭ ފުލުހުން ވަނީ މ. މުލިންވެސް މީހަކު ހައްޔަރު ކޮށްފައެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން ރޭ 00:15 އެހާކަންހާއިރު އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނުމައި ގުޅިގެންނެވެ.

މުލިން މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރު ކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނެކެވެ. .

މި ދެ މައްސަލަ މުލީ ޕޮލިސް ސްޓޭޝަނާއި މަކުނުދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. ދޮގެއްނޫން

    ތިހާވަރަށް ބަލާ ފާސްކުރަން އާދެބަލަ އއ.ރަސްދޫ އައް މަގުތަކުގަ ވެސް ބޮމުން އެދުވަނީ އުފަންހާލާ
    ޕޮލިސް ސްޓޭޝަން ދިމާލުން ބީޗް ކައިރީގަ އޭންދަ ގެސްޓުހައުސް ޗެކުކޮއްލަބަލަ ކެރެންޏާ….

  2. މުހޯ

    ކެރެންޏާމު ނިކަން މަޑަވެލި ހޯޑެއްދޫ ޗެކްކޮއްލަބަ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ