ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 21 މީހުންނެވެ.
އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ނެރެފައިވާ އަދަދުތަކަށް ބަލާއިރު މިއަދު މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 12 މީހުންނެވެ. ރާއްޖޭގައި އޮޕަރޭޓް ކުރާ ރިސޯޓްތަކުން 5 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވަނީ 4 މީހުންނެވެ.
✳️ COVID-19 : Case Updates
As of 24.12.2020, 06:00 PM
Malé area: 12
Inhabited islands: 4
Operational Resorts: 5
Live aboard: 0
Islands under development: 0
Industrial islands: 0Total number of cases: 21 pic.twitter.com/vfwQtdja1c
— Health Protection Agency (@HPA_MV) December 24, 2020
ވޭތުވެދިޔަ 24 ގަަޑިއިރު ތެރޭގައި ވަނީ 2562 މީހުން ކޮވިޑް ޖެހިފައި ހުރިތޯ ބެލުމަށް ޓެސްޓް ކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް ޖެހިގެން 48 މީހުން މަރުވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 37 މީހުންނަށެވެ.
ރާއްޖޭގައި ކޮވިޑް 19 ވައިރަސް ޖެހި، ބަލިން ރަނގަޅުވި މީހުންގެ އަދަދު 13011 އަށް އަރައިފިއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 13558 އަރާފައެވެ. އަދި، އޭގެތެރެއިން، މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 492 އެވެ.



