ރާއްޖޭގައި ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 13000 މައްޗަށް

ރާއްޖޭގައި ނުރައްކާތެރި ކޮވިޑް 19 ވައިރަސް ޖެހި، ބަލިން ރަނގަޅުވި މީހުންގެ އަދަދު 13011 އަށް އަރައިފިއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 13558 އަރާފައެވެ. އަދި، އޭގެތެރެއިން، މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 492 އެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ނެރެފައިވާ އަދަދުތަކަށް ބަލާއިރު މިއަދު މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 12 މީހުންނެވެ. ރާއްޖޭގައި އޮޕަރޭޓް ކުރާ ރިސޯޓްތަކުން 5 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވަނީ 4 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް ޖެހިގެން 48 މީހުން މަރުވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 37 މީހުންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ