ޝެއިޚް އިލްޔާސް ޙުސައިން - ފޮޓޯ: ދެން

ޝިރުކުގެ އަޤީދާއަށް ތަހުނިޔާ ކިޔާނީ އިސްލާމްދީނުގެ އަދުއްވެއް: ޝައިޚް އިލްޔާސް

ނަޞާރާއިން ޤަބޫލުކުރާ ޝިރުކުގެ އަޤީދާއަށް ތަހުނިޔާ ކިޔައި އެކަންކަމަށް ހިތްވަރުދޭ މީހަކީ އިސްލާމްދީނުގެ އަދުވެއް ކަމުގައި ދީނީ ޢިލްމުގެވެރިޔާ ޝައިޚު އިލްޔާސް ހުސެއިން ވިދާޅުވެއްޖެވެ.

ޝައިޚު ވިދާޅުވީ އިލާހީ ބަހީ ބަސްފުޅަށް ގޮންޖަހައި ނަޞާރާއިން ޤަބޫލުކުރާ ޝިރުކުގެ އަޤީދާއަށް ތަހުނިޔާ ކިޔުމަކީ އެބާތިލް އަޤީދާ ޤަބޫލުކޮށް އެކަމަށް ތާއީދުކުރުމުގެ ހެއްކެއްކަމަށެވެ. އަދި އެފަދަ ކަންކަމުގައި ބައިވެރިވެ ހިތްވަރުދޭނީ އިސްލާމްދީނުގެ އަދުއްވުންކަމަށް ޝައިޚު އިލިޔާސް ހުސެއިން ވިދާޅުވިއެވެ.

"އިލާހީ ބަހީ ބަސްފުޅަށް ގޮންޖަހައި ނަޞާރާއިން ޤަބޫލުކުރާ ޝިރުކުގެ އަޤީދާއަށް ތަހުނިޔާ ކިޔުމަކީ އެބާތިލް އަޤީދާ ޤަބޫލުކޮށް އެކަމަށް ތާއީދުކުރުމުގެ ހެއްކެއް. އަދި އެއީ ﷲގެ އެއްކައުވަންތަކަން ޤަބޫލު ނުކުރުމަށް ވެވޭ އިއުތިރާފެއް. އެފަދަ މީހަކީ އިސްލާމްދީނުގެ އަދުއްވެއް" ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ގެ ތަހުނިޔާ އެދުވަސް ފާހަގަކުރާ އެންމެނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންނެވުމާއި ގުޅިގެން ދީނީ އިލްމުވެރިން ދަނީ މިމައްސަލާގައި އެބޭފުޅުން ދެކޭގޮތުގައި ރައުޔުނެރެ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. ރައީސް ނަޝީދުގެ ނަން ބޭނުން ނުކޮށް ނަމަވެސް އިލްމުވެރިން ކުރައްވާ ޓުވީޓުތަކުން ނިސްބަތްކޮށްފައިވަނީ ރައީސް ނަޝީދަށް ހާމަވެއެވެ. ކްރިމަސް ޑޭ ފާހަގަކުރާ މީހުންނަށް ތަހުނިޔާ ވިދާޅުވެ އެދުވެހު އެއްވެސް ހަރަކާތެއްގައި މުސްލިމުން ބައިވެރިވެ ނެހެދުމަށް ތަކުރާރުކޮށް އިލްމުވެރިން ދިޔައީ މިދުވަސް އައުމުގެ މާކުރިންވެސް ނަސޭހަތްތެރި ވަމުންނެވެ. ނަމަވެސް އިއްޔެ ރައީސް ނަޝީދުވަނީ ދުވަހުގެ ތަހުނިޔާ ކްރިމަސް ފާހަގަކުރާ އެންމެނަށް ފޮނުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ