ޝެއިޚް އިލްޔާސް ޙުސައިން - ފޮޓޯ: ދެން

ބާރު ލިބުނު ދުވަހު ދީނަށް ގޮންޖެހުމުގެ ނަތީޖާ މާޒީގައިވެސްވަނީ ފެނިފައި: ޝެއިހް އިލްޔާސް

ބާރު ލިބުނު ދުވަހު ދީނަށް ގޮންޖެހުމުގެ ނަތީޖާ މާޒީގައިވެސްވަނީ ފެނިފައި ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ ގޮފީގެ ރައީސް ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝެއިހް އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަގާމަށް އާދެވި ބާރު ލިބުނު ދުވަހު ދިވެހި ރައްޔިތުންގެ އަޑު ނާހާ ދީނަށް ގޮންޖެހުމުގެ ނަތީޖާ މާޒީގައިވެސްވާނީ ފެނިފައި ކަމަށެވެ.

މީގެއިތުރުން ޝެއިހް އިލްޔާސްވަނީ ﷲ ގަންދީ ހުވާކޮށް ދީނަށް ޗެލެންޖް ކުރެވޭނެ ކަމަށް ހީކުރާ މެންބަރުންނަށް ހާއްސަކޮށް ރަސޫލާ (ސ)ގެ ހަދީސް ބަސްފުޅެއް ހަނދުމަ ކޮށްދީފައެވެ.

ޝެއިހް އިލްޔާސް މި މޭރުމުން ވާހަކަފުޅު ދައްކަވައިފައި މިވަނީ މިޔުޒިކަކީ އިސްލާމް ދީނުގައި ހުއްދަ އެއްޗެއް ކަމަށް ބުނެ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގައްނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކާލާތު ކުރައްވައިފައި ވަނިކޮށެވެ.

މިމައްސަލައިގައި ގިނަ އިލްމްވެރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބަސްފުޅު ކުއްވެރިކޮށް ވާހަކަފުޅު ދައްކަވައިފައި ވާއިރު އިސްލާމިކް މިނިސްޓްރީއިންވެސްވަނީ ދީނުގެ ޙުކުމްތައް ބަޔާން ކުރެވޭނީ ހުއްދަ އޮތް ޢިލްމުވެރިންނަށް ކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ