ޝެއިޚް އިލްޔާސް ޙުސައިން - ފޮޓޯ: ދެން

އިލްމުވެރިންގެ ބޮލުގައި ދޮގު ތުހުމަތެއް ނާޅުވަން: ޝެއިހް އިލްޔާސް

ރާއްޖޭގެ އިލްމުވެރިންގެ ބޮލުގައި ދޮގު ތުހުމަތު، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިހް ޢިލްޔާސް ޙުސައިން އެޅުއްވި ކަމަށް ބައެއް އިލްމުވެރިން ވިދާޅުވުމުން، އިލްމުވެރިންގެ ބޮލުގައި ދޮގު ތުހުމަތު ނާޅުއްވާ ކަމަށް ޝެއިހް ޢިލްޔާސް ވިދާޅުވެއްޖެއެވެ.

އިލްމުވެރިން ގެ ބޮލުގައި ދޮގު ތުހުމަތު އަޅުއްވާ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވީ، ރާއްޖެ ޓީވީގެ "އެންމެ ވަރުގަދަ ޝަހުސިއްޔަތު" ދިޔަ ޕްރޮގްރާމްގައި ފްރާންސްގެ އާއްމުރައްޔިތުން ރާއްޖެ އައުމުން އެމީހުން މަރަން ފަތުވާދިނީމާ އެ ދިފާޢުކުރެވުނީ ކޮން އިސްލާމްދީނެއްތޯ ސުވާލު ކުރައްވައި ޝައިޚް އިލްޔާސް ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ.

މިކަމަށް އިޝާރާތް ކޮށް އައްޝައިޚް ސަޢުދާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިލްމުވެރިއެއް ވިޔަސް އަދި އާންމު ރައްޔިތެއް ވިޔަސް ފްރާންސް އިން އަންނަ މީހުން މަރަން ފަތުވާދީފައިވާކަމުގެ ހެކި ޝެއިހް އިލްޔާސް ދައްކަން ޖެހޭނެ ކަމަށާއި ބަޔަކު ރުއްސުމަށްޓައި ރައްޔިތުންނާއި އިލްމުވެރިންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައިގެން ނުވާނެ ކަމަށެވެ.

އިލްމުވެރިންގެ ބޮލުގައި ދޮގު ތުހުމަތު ނާޅުއްވާ ކަމަށް ވިދާޅުވެ ޝެއިހް ޢިލްޔާސް ކުރެެއްވި ޓްވީޓްގައި ވިދާޅުވީ، ރާއްޖެ ޓީވީ އިން ގެނެސްދިން "އެންމެ ވަރުގަދަ ޝަހުސިއްޔަތު" ޕްރޮގްރާމްގައި އޭނާ ދެންނެވި ފަތުވާގެ ވާހަކަ އިލްމަށް ނިސްބަތްވާ ފަރާތްތަކަށް ނިސްބަތް ކޮށްފައެއް ނުވާނެ ކަމަށާއި އެވާހަކަ އަށް އިޝާރާތް ކުރެއްވީ، ދީނުގެ ހުކުމްތައް ނުދަންނަ ބައެއް ފަރާތްތަކުން އެގޮތައް ފަތުވާ ދޭތީ ކަމަށެވެ.

ޢިލްޔާސް މީގެ ކުރިން ވެސް ވަނީ ފްރާންސް އިން އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެގޮތުން މިދިޔަ މަހުގެ 26 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޮބުވެތި ނަބިއްޔާގެ ކާޓޫން ކުރަހައި މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ އެއްވެސް ހާލަތެއްގައި މުސްލިމުން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އަމަލު ހިންގާ ބަޔަކާ ގުޅުން ކަނޑާލުމަކީ ނަބިއްޔާގެ ދިފާއުގައި މުސްލިމުން ކުރަންޖެހޭ ކަމެއް ކަމަށާއި ލޮބުވެތި ނަބިއްޔާ ދެކެ ލޯބިވުމަކީ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ