އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19ގެ އާ ވޭރިއެންޓަށް ފުރަތަމަ ފަހަރަށް ފުރާންސުން މީހަކު ޕޮޒިޓިވުވެއްޖެއެވެ.
ފުރާންސުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ، ކޮވިޑް-19ގެ އާ ވޭރިއެންޓަށް ޕޮޒިޓިވުވެފައިވަނީ ފުރާންސުގެ ރައްޔިތެއް ކަމަށާއި މިމީހާއަކީ މިމަހުގެ 19 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުން އައި މީހެއް ކަމަށެވެ.
މިމީހާއެކު ކިބައިން ބަލީގެ އަލާމާތްތައް ފެއްނަ ކަމަށާއި މިވަގުތު ހުރީ ގޭގައި ސެލްފް އައިސޮލޭޝަންގައި ކަމަށްވެސް ފުރާންސުގެ ސިއްހަތާބެހޭ ވުޒާރާއިންް މައުލޫމާތު ދެއެވެ.
އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19ގެ އާ ވޭރިއެންޓާއި ގުޅިގެން ސާޅީހަށް ވުރެ ގިނަ ގައުމުން މިހާރު ވަނީ އިނގިރޭސިވިލާތުގެ ދަތުރުވެރިންނާއި އެ ގައުމުގެ ފްލައިޓްތައް މަނާކޮށްފަ އެވެ. ވައިރަހުގެ މިއުޓޭޓްވެފައިވާ އާ ވޭރިއަންޓަކީ ކޮރޯނާވައިރަހަށް ވުރެ 70 އިންސައްތަ އަވަހަށް ފެތުރޭ އެއްޗެކެވެ.
ކޮވިޑް-19ގެ އާ ވޭރިއެންޓް މިހާތަނަށް ފެނިފައިވާ ގައުމުތަކަކީ އިނގިރޭސިވިލާތް، ޖަޕާން، ޑެންމާކް، އޮސްޓްރޭލިއާ އަދި ނެދަލޭންޑްސްއެވެ.
ކޮވިޑް-19 އަށް ކާމިޔާބު ވެކްސިން އުފެއްދި މޮޑާނާ އިން ބުނީ އާ ވޭރިއެންޓާއި ދެކޮޅަށް ވެސް، މޮޑާނާ އިން އުފެއްދި ވެކްސިން މަސައްކަތް ކުރާ ކަމަށެވެ.