އެމެރިކާގެ ޓެނެސީ ސްޓޭޓުގައި ރެކުރިއޭޝަނަލް ކޭމްޕާރ ވޭނެއް ގޮއްވާލައިފިއެވެ.
މިއަދު ހެނދުނު ހިނގި މިހާދިސާގައި ދެމީހުން ޒަހަމުވެ ޓެނެސީ ސްޓޭޓުގެ މުވާސަލާތީ ގުޅުންތަކަށްވެސްވަނީ ބުރޫއަރައިފައެވެ.
ފުލުހުން ބުނީ، ވޭން ގޮއްވާލައިފައިވަނީ މިއަދު ހެންދުނު ހަޔެއް ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ވޭން ޕާކުކޮށްފައި އޮތް ސަރަހައްދުގައި ބަޑިން ހަމަލާދޭ ކަމުގެ ރިޕޯޓު ލިބިގެން އެސަރަހައްދަށް ފުލުހުން ދިޔަތާ މާގިނައިރުތަކެއް ނުވަނީސް ކަމަށެވެ.
BREAKING: This is the RV that exploded on 2nd Ave N this morning. It arrived on 2nd Ave at 1:22 a.m. Have you seen this vehicle in our area or do you have information about it? Please contact us via Crime Stoppers at 615-742-7463 or online via https://t.co/dVGS7o0m4v. @ATFHQ pic.twitter.com/JNx9sDinAH
— Metro Nashville PD (@MNPDNashville) December 25, 2020
ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެސަރަހައްދު ދޫކޮށް މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާ އެ ވޭނުން މެސެޖެއް އިއްވަމުން ދިޔަ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ވޭން ގޮވިއިރު ވޭނުގެ ތެރޭގައި އެއްވެސް މީހަކު ހުރިކަން އަދި ޔަގީން ކުރެވިފައި ނުވާއިރު މިހާދިސާ ހިނގި ސަރަހައްދުން އިންސާނުންގެ ބަޔެއް ގުނަވަންތަކުގެ ބައިތައް ފެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާ ދިން ސަބަބެއް އަދި ހޯދިފައި ނުވާއިރު މިކަމުގެ ފަހަތުގައިވަނީ ކޮންބަޔެއްކަންވެސް އަދި ހޯދިފައެއް ނުވެއެވެ.



